ނިއުކާސަލް ބަލިކޮށް އެވަޓަން ރެލިގޭޝަން ޒޯނުން ބޭރަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ނިއުކާސަލް ބައްދަލުކުރި މެޗުން މޮޅުވެ ރެލިގޭޝަން ޒޯނުން ބޭރަށް އެވަޓަން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަން އިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. ޕްރިމިއާ ލީގުގެ މާލީ އުސޫލުތަކާއި ހިލާފުވުމުން އަދަބެއް ގޮތުގައި 10 ޕޮއިންޓް އެވަޓަން އަތުން އުނިކުރުމުން ރޭ މެޗަށް ނުކުތްއިރު، އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ. ނަމަވެސް ރޭ ހޯދި މޮޅާއިއެކު އެ […]