އެފްއޭ ކަޕް: އާސެނަލް ބަލިކޮށް ސިޓީ ފަސްވަނަ ބުރަށް
އިނގިރޭސި އެފްއޭކަޕް ހަތަރުވަނަ ބުރުގައި މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ސިޓީގެ ގޯލަށް ނުރައްކާ ވެސް ކޮށްފައެވެ. މިގޮތުން އާސެނަލްގެ ޓްރޮސާޑް ސިޓީގެ ގޯލު ކުރިމައްޗަށް ތިރިން […]