ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށްއެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރީވާން ޖެހެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މިއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓަރީ ފޯމް: https://forms.gle/erZWSt7zX9wVo43o8
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީ ހިސާބު ހުޅުވުމަށް ބާއްވާ ބަދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުގެ 13:00 ގައި އިހަވަންދޫ ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ.
ބީލަން ފޮތް: https://storage.googleapis.com/gazette.gov.mv/docs/iulaan/113472.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!