Skip to main content

އަޙްމަދު ޢާޞިމް އަބްދުﷲ

Viewer
🇲🇻 ތިލަދުން Desk
13 Stories
0 Reads

އަޅުގަނޑަކީ ހއ.އިހަވަންދޫ އަށް އުފަން،ހަތަރު ކަށިމަތި އިހަވަންދޫ ދަރިކެވެ. އަޅުގަނޑުގެ ދާއިމީ އެޑްރެހަކީ ހއ. އިހަވަންދޫ އުންމީދެވެ. އަޅުގަނޑު، ފަށާ ތައުލީމާއި މެދުމަދަރުސީ ތައުލީމާއި ޘާނަވީ އަދި މަތީ ޘާނަވީ ތައުލީމް ހާޞިލް ކުރީ އިހަވަންދޫ މަދަރުސާއިންނެވެ. އެއަށްފަހު ޘާނަވީ އިސްލާމް މުދައްރިސް ކަމުގެ ޑިޕުލަމާ ފުރިހަމަކުރީ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ނެވެ. އެމްއައި ކޮލެޖުން ޕޯސްޓް ގުރެޖުއޭޓްވުމަށް ފަހު މާސްޓަރ އޮފް ޓީޗިންގް އިސްލާމިކް ސްޓަޑީޒް ނިންމީ ވިލާ ކޮލެޖުންނެވެ. މިހާރު އަޅުގަނޑު ވަޒީފާ އަދާކުރަމުން މިދަނީ އިހަވަންދޫ މަދަރުސާގެ ލީޑިން ޓީޗަރެއްގެ ގޮތުގައެވެ.

Published on ތިލަދުން (Thiladhun) by އަޙްމަދު ޢާޞިމް އަބްދުﷲ

ޒާހިރު، ޝިފާއުއަށް "3D ފޮޓޯތަކެއް އަޅަަލާފަ ބުނެދާނެ މިއީ ދުނިޔޭގަ ހުރި އެންމެ ކޮލިޓީ މަސްފެކްޓުރީއޭ"
Thiladhunmathi News

ޒާހިރު، ޝިފާއުއަށް "3D ފޮޓޯތަކެއް އަޅަަލާފަ ބުނެދާނެ މިއީ ދުނިޔޭގަ ހުރި އެންމެ ކޮލިޓީ މަސްފެކްޓުރީއޭ"

ހއ. އިހަވަންދޫގައި މަސް ގަންނާނެ ފެސިލިޓީއެއް ޤާއިމު ކުރުމަަށް ސަރުކާރާއެކު އިހަވަންދޫ ދާއިރާގެ އިއްޒަތްްތެރި މެންބަރު ޝިފާޢު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވުމުން، ޕީޕީއެމްއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިހަވަންދޫ ކައުންސިލަށް ވާދަކުރައްވާ މުޙައްމަދު ޒާހިރު ހަސަން، އެމަނިކުފާނަށް ބަހުގެ ވަރުގަދަ ހަމާލާއެއް ދެއްވައިފިއެެވެ. ޕީޕީއެމްގެ ސުޓިއަރިންގް ކޮމިޓީގެ ވެސް މެމްބަރު ޒާހިރު ވިދާޅުވީ ތުރީ ޑީ ފޮޓޯތަކެއް އަޅަަލާފަވެސް، މީއި ދުނިޔޭގަ ހުރި އެންމެ ކޮލެޓީ މަސްފެކްޓުރީއ...

އިހަވަންދޫ "އެއްހަމަ ހަވީރު" ގެ ތައްޔާރީތައް ބާރަށް ކުރިއަށް
Thiladhunmathi News

އިހަވަންދޫ "އެއްހަމަ ހަވީރު" ގެ ތައްޔާރީތައް ބާރަށް ކުރިއަށް

މިމަހުގެ 12 ވާ ހޮނިހިރު ދުވަހު ހަވީރު 1600 ގައި ހއ. އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އެއްހަމަ ހަވީރު” ގެ ހަރަކާތްތައް ކުރިއަށް ދާނެކަމަށާއި މިހަވީރުގައި ވީހާވެސް ގިނަބަޔަކު ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މިހަރަކާތް އިންތިޒާމްކުރާ އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ވިދާޅުވެއްޖެ އެވެ. އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ތިލަދުންނަށް މައުލޫމާތު ދެއްވަމިން ވިދާޅުވީ، މިހަވީރަށް ތައްޔާރުވުމުގެ ގޮތުން ސުޓޯލްތައް ހެދުމާއި އެ ހަވީރާ ގުޅޭ އެހެން ކަންތައްތައް މި ހ...

ރަސޫލާގެ ސުންނަތައް ޢަމަލުކުރުމަކީ  ވާޖިބެއް!
Religion

ރަސޫލާގެ ސުންނަތައް ޢަމަލުކުރުމަކީ ވާޖިބެއް!

އިސްލާމީ ޝަރިޢަތް ބިނާވެގެންވަނީ ޤުރްއާނާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގެ މައްޗަށެވެ. ވީއިރު، ޤުރްއާނަށް އީމާންވެ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ދޫކޮށްލާމީހާ ފުރިހަމަ އިސްލާމަކަށް ނުވާނެކަން ޔަޤީނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ) الأحزاب: 36 މާނައީ: […]

ތެދުވެރިކަމާއި އަމާނާތްތެރިކަން
Religion

ތެދުވެރިކަމާއި އަމާނާތްތެރިކަން

ތެދުވެރިކަމާއި އަމާނާތްތެރި ކަމަކީ ވަރަށް ރީތި ދެ ސިފައެވެ. އަދި އެއީ އަޚްލާޤު ރަނގަޅު މީހުންގެ ކިބައިގައި ހުންނަ އެންމެ މުހިއްމު ސިފަތަކުގެ ތެރޭގައި ހިމެނޭ ދެ ސިފަ އެވެ. އެއީ މާތް ﷲ ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނަފްސުގެ ޒިނަތްތެރިކަމާއި އަޒުމުގެ މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާކަމުގެ ޢަލާމާތްތަކެކެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އިންސާނާގެ އުނިކަންތައް ފޮރުވައިދީ ހެޔޮޢަމަލުތަކަށް ފިރުކާގަތުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދޭ ދެސިފަ އެވެ. ތެދުވެރިކަމަކީ މަކާރިމުލް އަ...

ދުންފަތް: އެކަމެއް ކުރުމަށް ވުރެ، ނުކުރުމުން ފައިދާ ލިބޭ ކަމެއް
Column

ދުންފަތް: އެކަމެއް ކުރުމަށް ވުރެ، ނުކުރުމުން ފައިދާ ލިބޭ ކަމެއް

އަޅުގަނޑުގެ އެކުވެރިންނޭވެ. ކަމެއްގެ ނުރައްކާތެރިކަން އެނގިހުރެ އެކަމުގެ ތެރެއަށް ވަނުމަކީ ކީހާވަރެއްގެ ކަމެއްކަން އެނގޭތޯއެވެ. އެކަމެއް ކުރުމަށް ވުރެ، ނުކުރުމުން ފައިދާ ލިބޭ ކަންކަން ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ މުހިންމު ނިޢުމަތްތަކުގެ (ބުއްދިއާ ވަގުތު) ބޭނުން ހެޔޮގޮތުގައި ހިފުމަށް މަސައްކަތް ނުކުރަނީ ކީއްވެގެން ތޯއެވެ؟ އަދިވެސް ވަގުތު އެބައޮތެވެ. ނިކަން ވިސްނާ ފިކުރު ހިންގާލާށެވެ. އަޅުގަނޑުގެ މި ލިޔުން ކިޔާ އަޅުގަނޑުގެ އަޚުންނޭވެ. ދުންފަތުގެ އިސްތިއުމާލ...

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ.
Column

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ.

ވަގުތަކީ ވަރަށް އަގުހުރި އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެން ނެތިގެންދާ  ވަރަށް އަގުހުރި ވަގުތުކޮޅެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.  يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا […]

ރަމަޟާން މަސް ނިމިގެން ދާހިނދު
Column

ރަމަޟާން މަސް ނިމިގެން ދާހިނދު

ފަރުޟުކުރައްވާފައިވާ އަޅުކަންތައް ތަކުގެ ތެރެއިން އެއް އަޅުކަންތައް ނިމުމަކަށް އަންނަނީއެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން އަމިއްލަ ނަފްސާ ކޮއްލަން ޖެހޭ އެތައް އެތައް ސުވާލެއް އެބަހުއްޓެވެ. އެގޮތުން އަޅުގަނޑުމެންނަށް މިމަތިވަރި މައްސަރުގެ އަޅުކަން އަދާކުރެވުނު ގޮތާމެދު ހިތްހަމަ ޖެހޭތޯއެވެ؟ މިމައްސަރުގެ ސަބަބުން ރަނގަޅުކުރެވުނީ އަޅުގަނޑުމެންގެ ކޮންކޮން ކަންތައްތަކެއް ތޯއެވެ؟ މި މައްސަރުގެ ސަބަބުން ނަމާދަށް ދެވުނު ސަމާލުކަން އެހެނިހެން މައްސަރުތަކުގައި އަދާ ކުރެވެނެ ތޯއެވެ؟ އިސްވެ ދެންނެވުނު ސުވާލ...

ބަރަކާތް ތެރި ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެއް ނޫނެވެ.
Religion

ބަރަކާތް ތެރި ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެއް ނޫނެވެ.

އޭ! އަޅުގަނޑުގެ އެކުވެރިންނޭވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވެގެން ދާއިރު އަޅުގަނޑުމެންގެ ތެރޭގައި ރަމަޟާން މަހަކީ ކުޅިވަރުން ހިތްހަމަޖައްސާލުމުގެ މައްސަރެއްކަމުގައި ދެކޭ ބަޔަކު އުޅޭކަމީ ވަރަށް ހިތާމަހުރިކަމެކެވެ. މީ އެއްވެސް ހާލެއްގައި ކުޅިވަރުގެ މަހެއްގެ ގޮތުގައި ނުބަލާށެވެ. އެހެންނަމަވެސް އަޅުކަމުގެ މަސްވަރުކަމުގައި ބަލައި، ގިނަގިނައިން އަޅުކަމުގައި ހޭދަކުރާށެވެ އޭ! މިލިޔުން ކިޔާ އަޅުގަނޑުގެ އަޚުންނޭވެ! ތާހާއި ރާޒުވާއާއި ކެރަމާއި، ލަވަޔާ މިއުޒިކުން ހިތްހަމަ ޖެއްސުމާ...

Religion

ﷲ އަށް ދުޢާ ދެންނެވުން

އަޅުގަނަޑުމެން އިންސާނުންނަށް ހިތާމައާ ހިތްދަތިކަން ލިބޭވަގުތު ނުވަތަ ބޭނުންވާކަމެއް ކުރަން އުޅެނުވާ ފަހަރު ތަކުގައި، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް އެކަން ހިއްސާކުރުމާއި ޝަކުވާ ކުރުމަކީ ޢާއްމުކަމެވެ. އެގޮތަށް ޝަކުވާ ކުރުމުގެ ބަދަލުގައި، ﷲ އަށް އެޝަކުވާ ދެންނެވުން މުހިންމެވެ. އަދި އިންސާނުންނަށް ދިމާވާކަންތައްތަކުގައި ﷲ އަށް ދެންނެވުމަށް، އެކަލާނގެވަނީ އަންގަވާފެއެވެ. ﷲ ތަޢާލާ البقرة ސޫރަތުގެ 186. ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيب...

ކީރިތި ޤުރްއާނަކީ ރަސޫލާ އަމިއްލަ ފުޅަށް ގެންނެވި އެއްޗެއް ނޫނެވެ. އެއީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ.
Religion

ކީރިތި ޤުރްއާނަކީ ރަސޫލާ އަމިއްލަ ފުޅަށް ގެންނެވި އެއްޗެއް ނޫނެވެ. އެއީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ.

މާތް ﷲ ގެ ޙަޟްރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން މުޙައްމަދު ޞައްލަﷲ އަލައިހި ވަސަލަމަ ރަސޫލުކަމާގެން ފޮނުއްވުމާއެކު އެހެން ހުރިހާ ދީންތައްވަނީ މަންސޫޙު ކުރައްވައިފައެވެ. އިސްލާމުންނަކީ މީގެ ކުރިން ފޮނުއްވުނު ރަސޫލުންނާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކަށް އިމާންވާ ބައެކެވެ. ކީރިތި ރަސޫލާއަށް ބާވާލެއްވި ޝަރިޢަތް ކަމުގައިވާ ކީރިތި ޤުރްއާނުގައި އެހެން ހުރިހާ ޝަރިޢަތްތަކެއްގެ ތަޢުލީލު އައިސްފައި ވެއެވެ. އެހެންކަމުން ކީރިތި ޤުރްއާނަށް އީމާންވުމުން އެހެން ހުރިހާ ސަމާވީ ފޮތް ތަ...

އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ!
Religion

އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ!

” صَبْرُ” މި ލަފުޒުގެ މާނައަކީ ކެތްތެރިކަމެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތުގައި صَبْرُ މިލަޒް ކެތްތެރިކަމުގެ މާނާގައި އައިސްފައިވެއެވެ. މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ [٢:١٥٣] މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.” ކީރިތި ރަސޫލާ (ﷺ) ޙަދީޘްކުރައްވައިފައިވާ ގޮތުގައި [ކެތްތ...

ކޯވިޑް19 އިން ސަލާމަތްވެވޭނެގޮތް ވެސް އިސްލާމްދީނުގައި ވެއެވެ.
Report

ކޯވިޑް19 އިން ސަލާމަތްވެވޭނެގޮތް ވެސް އިސްލާމްދީނުގައި ވެއެވެ.

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެދީނަކީ ހުރިހާ ކަމެއް ޝާމިލްވެގެންވާ ހުރިހާ ޒަމާނަކަށްވެސް ފެތޭ ދީނެވެ. އެހެންކަމުން އިސްލާމީ ޝަރިޢަތުގައިވަނީ އިންސާނާ ދިރިއުޅެންވީ ހުރިހާ ގޮތެއް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އިންސާނެއްގެ ދިރިއުޅުމުގައި ހިނގާ ކޮންމެ ކަމަކަށްވަނީ އުޞޫލުތަކެއް ނުވަތަ އަދަބުތަކެއް ބަޔާންކުރައްވާފައެވެ. އެގޮތުން ނިދުމުގެ އަދަބު، ހެދުން އެޅުމުގެ އަދަބު، ފާހަނާކުރުމުގެ އަދަބު، މަގުމަތީގެ އަދަބު، ވާހަކަދެއްކުމުގެ އަދަބު، ސާފުތާރިރުކަމުގެ ރިވެތި އުޞޫލުތައްފަދަ އިންސާނީ ދިިރިއ...

އަޅަމެންނީ ފުރިހަމައަށް ރަމަޟާން މަސް ދިރުވާ އިޙްޔާކުރާ ބައެއްގޮތުގައި ލައްވަވާށި!
Report

އަޅަމެންނީ ފުރިހަމައަށް ރަމަޟާން މަސް ދިރުވާ އިޙްޔާކުރާ ބައެއްގޮތުގައި ލައްވަވާށި!

ރޯދަމަހަކީ، ރަޙުމަތްވަންތަކަމާއި ބަރަކާތްތެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިކަމާއި ދެއްވުންތަކުން ފުރިގެންވާ މަތިވެރި މައްސަރެވެ. އީމާންކަމުގެ އަހުލުވެރިން މުޅި އަހަރު މިމަތިވެރި މަހަށް އިންތިޒާރު ކުރުމުގައި ރެއާދުވާލު ގުނަމުންދެއެވެ. އަދި މިމަހަށްޓަކައި އުއްމީދުން ފުރިގެންވާ ތަނަވަސް ހިތަކުން ފާރަލުމާއެކު ބަލަބަލާ އިންތިޒާރުގައި ތިބެއެވެއެވެ. މިމަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުން އޮހެމުން ދެއެވެ. މިއީ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް ލިބޭ ދުވަސްތަކަކެވެ. އެހެންކ...