ހއ. އިހަވަންދޫގައި މަސް ގަންނާނެ ފެސިލިޓީއެއް ޤާއިމު ކުރުމަަށް ސަރުކާރާއެކު އިހަވަންދޫ ދާއިރާގެ އިއްޒަތްްތެރި މެންބަރު ޝިފާޢު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވުމުން، ޕީޕީއެމްއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިހަވަންދޫ ކައުންސިލަށް ވާދަކުރައްވާ މުޙައްމަދު ޒާހިރު ހަސަން، އެމަނިކުފާނަށް ބަހުގެ ވަރުގަދަ ހަމާލާއެއް ދެއްވައިފިއެެވެ.

ޕީޕީއެމްގެ ސުޓިއަރިންގް ކޮމިޓީގެ ވެސް މެމްބަރު ޒާހިރު ވިދާޅުވީ ތުރީ ޑީ ފޮޓޯތަކެއް އަޅަަލާފަވެސް، މީއި ދުނިޔޭގަ ހުރި އެންމެ ކޮލެޓީ މަސްފެކްޓުރީއޭ ބުނެފާނެ ކަމަށެވެ.

Ad
rt

މިފަދައިން އިހަަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއަށް ރައްދު ދީފައިވާތީ މިނޫހުން ކުރި ސުވާލުކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ކެނޑިޑޭޓް ޒާހިރު ވިދާޅުވީ، ތުރީ ޑީ ފޮޓޯގެ ވާހަކަ އެހެން އެ ވިދާޅުވީ 2019 ގަ އިއުލާނު ކުރި އިހަވަންދިއްޕުޅު ހޮސްޕިޓަލާ ގުޅިގެންވެސް އެފަދަ ރީތި ތުރީ ޑީ ފޮޓޯތަކެއް ރައްޔިތުންނާ ހިއްޞާކޮށް ރައްޔިތުންނަށް އުންމީދުތަކެއް ދީފައިވާތީއާއި އެހެންނަމަވެސް މިއަދާހަމައަށްވެސް، އެކަމަށްވެސް ޢަމަލީ ސިފަ އައިސްފައި ނުވާތީ ކަމަށެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ އެންމެ ބޮޑު ހިތާމައަކީ ލޮލަށް ފުރިހަމައަށް ފެނުނަސް ހުރަހެއް އެޅިފައި ހުރުން ކަމަށާއި، ކަންފަތް ރަނގަޅަށް ހުރެމެ ކަންފަތް ބީރުވުންކަމަށާއި، ހިތް ރަނގަޅަށް އޮވެމެ އިހްސާސް ނުވުން ކަމަށާއި، މަސްވެރިންނަށް ސަރުކާރުން ކަންކުރަމުންދާ ގޮތަކީ ހާމައަށް ފެންނަން އޮތް ކަމެއްކަމަށާއި، އެކަން އެހެން ބައެއްގެ ބޮލަށް ނުޖެހޭނެ ކަމަށެވެ. މުޅިންވެސް މިސަރުކާރުން ކުރާ ކަމަކީ ރައްޔިތުން ހެއްދުން ކަމަށް ޒާހިރު ވިދާޅުވި އެވެ.