މިމަހުގެ 12 ވާ ހޮނިހިރު ދުވަހު ހަވީރު 1600 ގައި ހއ. އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އެއްހަމަ ހަވީރު" ގެ ހަރަކާތްތައް ކުރިއަށް ދާނެކަމަށާއި މިހަވީރުގައި ވީހާވެސް ގިނަބަޔަކު ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މިހަރަކާތް އިންތިޒާމްކުރާ އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ވިދާޅުވެއްޖެ އެވެ.
އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ތިލަދުންނަށް މައުލޫމާތު ދެއްވަމިން ވިދާޅުވީ، މިހަވީރަށް ތައްޔާރުވުމުގެ ގޮތުން ސުޓޯލްތައް ހެދުމާއި އެ ހަވީރާ ގުޅޭ އެހެން ކަންތައްތައް މި ހަރަކާތުގައި ބައިވެއިވާ ހުރިހާ ފަރާތްތަަައް ގުޅިގެންް ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ.
އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވާ ގޮތުގައި މި ހަރަކާތުގައި ޖުމްލަ 6 ސުޓޯލެއް ހުންނާނެ ކަމަށެވެ. އެގޮތުން މިހަރަކާތަށް ފުލުހުންނާއި، ސުކައުޓުނާއި، ކުލަބު ޕޯލްސްޓާރ އާއި، ފެނަކައާއި، އާމިނާދިއޯ ހެލްތު ސެންޓަރުންނާއި، އިމަގުން ސުޓޯލް ތައްޔާރު ކުރައްވައެވެ.
އިހަވަންދޫ ކޮމިޔުނިޓީ ސުކައުޓު ގުރޫޕުން މި ހަވީރަށް ނެރޭ ސުޓޯލްތަކުގެ ތެރޭގައި ބޯލް ޝޫޓިންނާއި ފިޝިންގޭމާއި ފޮޓޯ ޝޫޓް އަދި ނޯޓްސް އެންޑް ލާންސިންގް ހިމެނެެެއެވެ. އަދި މިއިން ކޮންމެ ހަރަކާތެއްގެ ބައިވެރިންނަށް ހަދިޔާވެސް ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ފެނަކައިގެ ސުޓޯލްގައި ޓެކުނިކަލް ޓޫލްސްތައް ދައްކާލުމާއި، ދަސްކޮށްދިނުން އަދި ފެނަކަ ރަމްޒުކޮށްދޭ ހާއްޞަ ބެކް ގުރައުންޑެއްގައި ސޭފްޓީ މެޝާސްއާއެކު ފޮޓޯ ނެގުމާއި، ބާސްކޭޓް ބޯޅަ ވެއްޓުމާއި، ގޯޅަށް ބޯޅަ ޖެހުން ފަދަ ހަރަކާތްތައް ހިމެނޭކަމަށް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ހާމަކުރެއެވެ.
މިހަވީރުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށާއި، އަޅުގަނޑުމެން އެންމެންވެސް ތިބީ އެފަރާތްތަކާ އެކުގައިކަން އެފަރާތްތަކަށް އިހުސާސް ކޮށްދީ، އެފަރާތްތަކުގެ އިހުސާސްތައް އަޑުއަހައި ، މުޖުތަމަޢުގެ ތެރޭގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން މައުލޫމާތު ދެއެވެ.
މި ހަވީރުގެ އެންމެ ހާއްޞަ ހަރަކާތަކީ ހާއްޞައެހީއަށް ބޭނުންވާ ކުދިންނަަށް ހާއްޞަކޮށް ކުރިއަށް ގެންދާ ޓެލެންޓު ޝޯކަމަށް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ހާމަކުރެއެވެ. އަދި ހަމަ އެހެންމެ މި ހަރަކާތަަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ވެސް ލިބޭނެ ކަމަށާއި، މި ހަރަކާތުގެ ބޮޑު އިނާމު ސުޕޮންސާ ކޮށްފައިވަނީ ޗާލީން ކަމަށްވެސް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން މި ނޫހަށް މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!