Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,664 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އެމެރިކާގެ ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންގަނޑު ބާރަށް ފެތުރެނީ
International

އެމެރިކާގެ ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންގަނޑު ބާރަށް ފެތުރެނީ

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލަސް ސިޓީގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުންދާއިރު މިހާތަނަށް 5 މީހުން މަރުވެއްޖެއެވެ. މިޑިއާ ރިޕޯޓުރައް ބުނާގޮތުގައި، ހާހަކަށްވުރެއް ގިނަ އިމާރާތް ހަލާކުވެ، 130،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ. އަންގާރަ ދުވަހު ރޯވި މިއަލިފާންގަނޑުގައި ގޭގެއާއި މަގުތަކުގައި އަލިފާން ރޯވެ، 42 އަކަމޭލުގެ (108 އަކަ ކިލޯމީޓަރު) ސަރަހައްދެއް އަންދާލާފައިވެއެވެ. ބުދަ ދުވަހުގެ ރޭ ވަނީ ޕެސިފިކް ކަނޑުގެ އައްސޭރިފަށުން ފެށިގެން ޕަސަޑީނާއަށް...

އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
Raajje

އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން ޢުމްރާވެރިން ހާލުގައި ޖައްސާފައިވާމައްސަލައެއް ފެންމަތިވުމުން، އެ ކުންފުންޏާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އަލ...

އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އެލަވަންސް ދިނުމަށް އިސްލާހު ހުށައަޅަނީ
Raajje

އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އެލަވަންސް ދިނުމަށް އިސްލާހު ހުށައަޅަނީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މިސަރުކާރުން ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ބޭނުންވާ އިސްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް...

ޑްރައިވަރަށް ސިއްޙީ ކުއްލި ހާލަތެއް ދިމާވެ ނުރައްކާތެރި އެކްސިޑެންޓެއް
Raajje

ޑްރައިވަރަށް ސިއްޙީ ކުއްލި ހާލަތެއް ދިމާވެ ނުރައްކާތެރި އެކްސިޑެންޓެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެކްސީ ޑްރައިވަރަކަށް ސިއްހީ ކުއްލި ހާލަތެއް ދިމާވެ ބޮޑު އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ، މިއަދު ހެނދުނު 9:45 ހާއިރު އެވެ. މި އެކްސިޑެންޓްގައި ޓެކްސީއަކާއި ޕިކަޕެއް ޖެހި، ގެއްލުން ވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޓެކްސީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭކަމަށް އެއަރޕޯޓް އިން ބުނެފައިވެއެވެ. މިއެކްސިޑެން...

ހުޅުމާލޭގެ ބިމާއިގުޅޭ މަސައްކަތްތައް ކުރިއަށްދާތާ ތިން އަހަރު
Raajje

ހުޅުމާލޭގެ ބިމާއިގުޅޭ މަސައްކަތްތައް ކުރިއަށްދާތާ ތިން އަހަރު

ހުޅުމާލޭގައި މަދީނާ އިންވެސްޓްމަންޓުން އަޅަމުންދާ ސުކޫލާއި މިސްކިތުގެ މަސައްކަތް ކުރިއަށްދާތާ މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި މި މަޝްރޫޢުއާ ގުޅޭގޮތުން ފަތުރަމުންދާ ބައެއް މަޢުލޫމާތުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް މަދީނާ އިންވެސްޓްމަންޓްގެ ސީއީއޯ ޢަލީ އަޙްސަން ވިދާޅުވެއްޖެއެވެ. މަދީނާ އިންވެސްޓްމަންޓްގެ ސީއީއޯ ޢަލީ އަޙްސަން ވިދާޅުވި ގޮތުގާޅުވި ގޮތުގައި، ހުޅުމާލޭގައި އަޅާ ސްކޫލުގެ އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގެ ދައުރުގައެވެ. އަދި މި މަޝްރޫޢުއަކ...

ޒަކާތު ޢިލްމުގެ ދާއިރާގެ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުގައި
Raajje

ޒަކާތު ޢިލްމުގެ ދާއިރާގެ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުގައި

ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ފަށަން ތައްޔާރުވެއްޖެއެވެ. މި ކޯހަކީ “ޑިޕްލޮމާއިން ޒަކާތު މެނޭޖްމަންޓް ސައިންސް” ގެ ނަމުގައި ހިންގާ ކޯހެކެވެ. މި ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ. އިލްމް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ބަހުން ކިޔަވައިދޭ ޑިޕްލޮމާ ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ޢިލްމީ ބޭފުޅުންނެވެ. ކޯހުގައި ކިޔަވައިދޭ...

އިންޑިއާގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު އަރުވައިފި
Raajje

އިންޑިއާގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު އަރުވައިފި

އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ހެނދުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ރައީސް އޮފީހުގައެވެ. ރަސްމިއްޔާތަށް ވަޑައިގަތުމުގެ ކުރިން، އިންޑިއާ ސަފީރު ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު،...

ލޯންޗެއް ބަންނަށް ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ދިންކަމަށް ބުނެފި
Raajje

ލޯންޗެއް ބަންނަށް ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ދިންކަމަށް ބުނެފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފާސްކުރިއިރު ދަބަހަކުން 1.4 މިލިއަން ރުފިޔާ ފެނުނު ކަމަށް އަޑުތައް ފެތުރިފައިވަނިކޮށް، ލޯންޗެއް ބަންނަން އޭނާ އަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ރިލެކްސް ފެރީ ސާރވިސްއިން ބުނެފިއެވެ. ރިލެކްސް ފެރީ ސާރވިސްއިން މިހެން ބުނެފައިވަނީ ރޭ ދަންވަރު އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، 2022 ވަނަ އަހަރު […]

43 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށް ކާރެއް ޓޯވކޮށްފި
Raajje

43 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށް ކާރެއް ޓޯވކޮށްފި

ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 43 ފުޅި ބަނގުރަލާއެކު 22 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22 އަހަރު) އެވެ. ފުލުހުން ބުނާ ގޮތުގައި، އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުވައި ބަލައި […]

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެދާނެ! ސަމާލުވޭ!
Raajje

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެދާނެ! ސަމާލުވޭ!

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މިދުވަސްވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ގިނަ ފަރާތްތަކުފަރާތްތަކުން އުމްރާއަށާއި އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައި އެނބުރި އަންނަ ދުވަސްވަރު ކަމަށްވުމާއެކު، ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައިވެސް އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެ...

ގަރާޖުތަކަށް ބާރުބޮޑު ދުވަހެއް: ސައިކަލު މަރާމާތުކުރަން ބޮޑު ކިއު
Raajje

ގަރާޖުތަކަށް ބާރުބޮޑު ދުވަހެއް: ސައިކަލު މަރާމާތުކުރަން ބޮޑު ކިއު

އިއްޔެ މާލެއަށް ވެހުނު ބޯވާރޭގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން މިއަދު މާލޭގެ ގަރާޖުތަކަށް ވަނީ ބާރުބޮޑުވެފައެވެ. ގިނަ ގަރާޖުތަކުގެ ބޭރުގައި ސައިކަލު މަރާމާތުކުރަން އައި މީހުންގެ ދިގު ކިއުތައް ފެންނަން ހުއްޓެވެ. އިއްޔެ ހެނދުނު 11:00 އިން ފެށިގެން މެދުކެނޑުމެއްނެތި ވެހުނު ވާރޭގައި މުޅި މާލެ އޮތީ ފެނުއަޑީގައެވެ. މަގުމަތީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކަށް ވަނީ ގެއްލުންވެފައެވެ. ބައެއް މަގުތަކުގައި ސައިކަލުތައް ވަނީ ދެބައިކޮށް އެއްބައި ފެނުއަޑީގައެވެ. މީގެ އިތުރުން، ބާރު ސްޕ...

އިތުރު ލުއިތަކާއެކު، އާރްއެސްޑަބްލިއު ފެސިލިޓީ ލޯނަށް އަލުން ހުޅުވާލަނީ
Raajje

އިތުރު ލުއިތަކާއެކު، އާރްއެސްޑަބްލިއު ފެސިލިޓީ ލޯނަށް އަލުން ހުޅުވާލަނީ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް ނިންމާފައެވެ. އިތުރު ލުއިތަކާ އެކު، މި ފުރުޞަތު އަލުން ހުޅުވާލަނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ނެވެ. މި ލޯނު ސްކީމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހުޅުވާލާފައިވާ ލޯނެކެވެ. މިދިޔަ ސެޕްޓެ...

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި އުދައަރާނެ!
Raajje

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި އުދައަރާނެ!

މިއަދު ވެސް މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މިއަދު ނެރުނު މޫސުމާ ބެހޭ ރިޕޯޓުގައި ލަފާކޮށްފި އެވެ. މިއަދު ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަވެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. ކަނޑު ގަދަވާނެކަމަށާއި ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ހުރުން...

ކުޅުދުއްފުއްޓަށް ފުރަން އޮތް ފުލައިޓު 16 ގަޑިއިރު ޑިލޭ!
Thiladhunmathi News

ކުޅުދުއްފުއްޓަށް ފުރަން އޮތް ފުލައިޓު 16 ގަޑިއިރު ޑިލޭ!

މާލެއިން ކުޅުދުއްފުއްޓަށް އިއްޔެ (ހުކުރު ދުވަހު) ހެނދުނު ފުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަން އެއަރލައިންސްގެ ފުލައިޓު Q2 442 ގެ ދަތުރު 16 ގަޑިއިރަށް ޑިލޭ ވެއްޖެ އެވެ. އިއްޔެ ހެނދުނުން ފެށިގެން ވާރޭ ވެހުމުގެ ސަބަބުން މެދުރާއްޖެ ތެރޭގެ ރަށްރަށުގައި އަދި މާލޭގެ މަގުތަކާއި ހުޅުލޭގައި ވެސް ފެންބޮޑުވެފައި އޮތުމުން ދަތުރުފަތުރަށް ވަނީ ހުރަސްއެޅިފަ އެވެ. އެ ދަތުރުގައި ބައިވެރިވި ޒުވާނަކު މީސްމީޑިޔާގައި ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެދަތުރުގެ ބައިވެރިން ހެނދުނު 07:30 ގައި ޗެކް-އިން ފަށާއި […...

ޤުރްއާނާ ދުރުވުމުން މުސްލިމުން ދީނާ ދުރުވެފައި: ހުކުރު ޚުޠުބާ
Religion

ޤުރްއާނާ ދުރުވުމުން މުސްލިމުން ދީނާ ދުރުވެފައި: ހުކުރު ޚުޠުބާ

މިއަދު އަހުރެމެން ދީނާ ދުރުވެފައިވަނީ، ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި ދުރުވުމުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މުސްލިމުން ކީރިތި ޤުރްއާން ކިޔެވުމާއި ތިލާވަތު ކުރުމުން ދުރުވެފައިވާކަމަށް ފާހަގަކުރެވޭކަމަށާއި މިކަމުގެ ސަބަބުން މުސްލިމުން ދީނާ ދުރުވެ، ޣައިރު މުސްލިމުންގެ ކުރިމަތީގައި ނިކަމެތިވެފައިވާކަމަށް ޚަޠީބު ވިދާޅުވިއެވެ. ޚުޠުބާގައި، ކީރިތި ޤުރްއާނަކީ މުސްލިމުންގެ ހިތާއި ފުރާނައިގެ ކާނާކަމަށާއި، ބަލިތަކަށް އޮތް ޝިފާއެއްކަމަށް ބަޔާންކުރެވުނެވެ. އަދި ޤުރްއާނަކީ މާތްﷲ އި...