ހުޅުމާލޭގައި މަދީނާ އިންވެސްޓްމަންޓުން އަޅަމުންދާ ސުކޫލާއި މިސްކިތުގެ މަސައްކަތް ކުރިއަށްދާތާ މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި މި މަޝްރޫޢުއާ ގުޅޭގޮތުން ފަތުރަމުންދާ ބައެއް މަޢުލޫމާތުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް މަދީނާ އިންވެސްޓްމަންޓްގެ ސީއީއޯ ޢަލީ އަޙްސަން ވިދާޅުވެއްޖެއެވެ.
މަދީނާ އިންވެސްޓްމަންޓްގެ ސީއީއޯ ޢަލީ އަޙްސަން ވިދާޅުވި ގޮތުގާޅުވި ގޮތުގައި، ހުޅުމާލޭގައި އަޅާ ސްކޫލުގެ އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގެ ދައުރުގައެވެ. އަދި މި މަޝްރޫޢުއަކީ ހުރިހާ ޤާނޫނީ އިޖުރާއާތުތަކެއް ފުރިހަމަކޮށް، ކުރީގެ ސަރުކާރުން އެވޯޑު ކުރި މަޝްރޫޢުއެއް ކަމަށާއި، ބިމަކީ ކުލި ދައްކާ ގޮތަށް އޮތް ބިމެއްކަން ފާހަގަކުރެއްވިއެވެ.
"ހުޅުމާލޭގައި ސްކޫލް އަޅަން މަދީނާ އިންވެސްޓްމަންޓްއިން އެޗްޑީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކުރީ މި ދިޔަ ސަރުކާރު ދުވަސްވަރު. އެއީ އެއްވެސް ކޮރަޕްޝަނެއް ހިމެނޭ ކަމެއްނޫން،"
ޢަލީ އަޙްސަން ވިދާޅުވިއެވެ.
މީގެ އިތުރުން، ސްކޫލުގެ ބިމުގެ ފްރޭމްވޯކް އެގްރީމެންޓްގައި ސޮއިކުރީ އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ކަމަށާއި، ސްކޫލުގެ ޑިޒައިން އެޕްރޫވްކޮށްފައިވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓްރީން ކަމަށްވެސް އަޙްސަން ހާމަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން، އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ކިޔަވައިދެވޭނެ ސްކޫލެއްގެ އިތުރުން، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތަކީ 2000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ލައިބްރަރީއަކާއެކު 2 ބުރިއަށް އަޅާ މިސްކިތެކެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، މަދީނާ އިންވެސްޓްމަންޓްއިން ވަނީ މި މަޝްރޫޢުއަކީ ޤާނޫނީ ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަން އަދި އެއްވެސް ކޮރަޕްޝަނެއް މީގައި ނުހިމެނޭކަން ކަށަވަރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!