އިދިކޮޅު އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން "ރަން ރީނދޫ" ގެ ނަމުގައި ހާއްސަ ދުވުމެއް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ.

މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މިދަންމަރު، ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައި ކުރިއަށްގެންދިޔަ މި ދުވުމުގައި 300 އެއްހާ މީހުން ބައިވެރިވިއެވެ. ފަންސަވީހަކަށް މިނެޓަށް ކުރިއަށްގެންދިޔަ މި ދުވުން ފެށީ ހަވީރު 5:00 ގައެވެ. އެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.

މި ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭހެން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

May be an image of 9 people and text

މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން އެމްޑީޕީން ނިންމީ މިދިޔަ މަހުގެ 18 ގައެވެ. ނަމަވެސް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހުއްދަ ދީފައިނުވުމުގެ ސަބަބުން އެ ދުވުން މާލޭ މަޖީދީ މަގުގައި މިދިޔަ މަހުގެ 25 ގައި ބޭއްވުމަށް ނިންމިއެވެ. އެހެންނަމަވެސް، މިއަދު ސެންޓްރަލް ޕާކުގައި ދުވުން ބޭއްވުމަށް ފުލުހުން ހުއްދަ ދިނުމާ ގުޅިގެން އެ ނިންމުން ބަދަލުކުރެވުނެވެ.

May be an image of 1 person and text

އެމްޑީޕީއަކީ 2003 ވަނަ އަހަރު ފެށުނު އިސްލާހީ ހަރަކާތަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީއެވެ. މިހާރު އެ ޕާޓީގައި 40،000 އަށް ވުރެ ގިނަ މެންބަރުން ތިބިއިރު، މި ދުވުމުގެ ދަންމަރު