ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި އެރަށު ނަލަހިޔާ، މޫސާ އިބްރާހީމް (29އ)ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސް މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަޅުލައިފި އެވެ.
މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރުއެވެ. މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް ވަނީ ޖުލައި 28 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ހަމަ އެދުވަހު، މޫސާ އިބްރާހީމަށް ހަމަލާދިން ކަމަށް ބެލެވޭ ވަޅި ވަނީ ފުލުހުންގެ ޓީމެއް މޫދަށް ޑައިވްކޮށްގެން ހޯދާފައެވެ.
ޖުލައި 29 ވަނަ ދުވަހު، މުހައްމަދު އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މައްސަލައިގެ ތަޙްޤީޤް މިހާރުދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!