ސުލްޙަ އިސްކޮށް ސާކްގެ ޤައުމުތަކުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސް ގޮވައިލައްވައިފި
ސަރަޙައްދީ ސުލްޙަ އިސްކޮށް، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެންބަރު ޤައުމުތަކުން އަލުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ މަސައްކަތްތައް މަޑުޖެހިފައި އޮތް އޮތުމާ މެދު ކަ...