ދެ ކުދިން ނިޔާވުން: އިމާރާތްތަކާއި މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ރައީސް އިލްތިމާސްކުރައްވައިފި
މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައާއި އިމާރާތަކުން ވެއްޓި ދެ ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން، މަގުމައްޗާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތ...