ށ. ފޯކައިދޫގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިކުރު ދިރުވުމުގައި އިސް ދައުރެއް އަދާކުރި ހުސައިން ފަރީދު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.

ފަރީދަކީ ދެ ދައުރެއްގައި އެރަށު ކައުންސިލް މެމްބަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އަދި އެރަށުގައި އެމްޑީޕީގެ ފިކުރު ދިރިވުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފަރީދު ޕީއެންސީއާ ގުޅިފައި މިވަނީ އެރަށުގެ އެމްޑީޕީގެ ބައެއް އިސް މެމްބަރުންނާއި އޭނާ އާއި ދެމެދު އުފެދުނު ނުތަނަވަސްކަމަކަށްފަހު ސިޔާސީ ހަރަކާތާއި ދުރުގައި ހުރުމަށްފަހުއެވެ.

Ad
d

ފަރީދު ޕީއެންސީ އަށް ސޮއިކުރުމުން އެރަށު ޕީއެންސީ ޓީމުން ވަނީ އޭނާ އަށް ހޫނު މަރު ކިޔާފައެވެ.

''ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ އުފެދުނީއްސުރެ ދެގޮތެއްނުވެހުރި ފޯކައިދޫގެ އެމް.ޑީ.ޕީ ގެ ބާނީ ހުސައިން ފަރީދު ޕީ.އެން.ސީ އާ މިއަދު މިވަނީ ގުޅިފައި ފަރީދަކީ 2 ދައުރެއްގެ ކައުންސިލް މެންބަރ ކަންކޮށްފައިވާ ސިޔާސީގޮތުން ފުއްނައިބު އުސް ބޭފުޅެކެވެ. މަރުޙަބާ ހުސައިން ފަރީދު އަދި ޢާއިލާ،'' ފޯކައިދޫ ޕީއެންސީ ޓީމުން ބުނެފަވެއެވެ.

Ad
df

ފޯކައިދޫ އަކީ އިދިކޮޅު އެމްޑީޕީ އަށް ތާއީދު ބޮޑު ރަށެއްގޮތުގައި ފާހަގަކުރެވޭ ރަށެކެވެ.