އަވައްޓެރި އިންޑިއާއިން ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ ކެނަބިސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 29 އޮގަސްޓް 2026 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހިމެނެނީ އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެކެވެ.

Ad
rt

އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ލަގެޖު ބަލައިފާސްކުރިއިރު، އޭގެ ތެރެއިން 2000 ގްރާމް (2 ކިލޯ) ގެ ކެނަބިސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިމައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

މީގެ އިތުރުން، 21 އޮގަސްޓް 2026 ވަނަ ދުވަހުވެސް ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.

އެ ދުވަހު އަތުލައިގަނެފައިވަނީ 3.8 ކިލޯ (3800 ގްރާމް) ގެ ކެނަބިސް ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.