އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިންދީދީ މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

އެގްރޯގެ އެމްޑީ އަކަށް ހުންނެވި ހުސައިންދީދީ، ފޮޓޯ: އެގްރޯނެޓް

Ad
rt

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހުސައިންދީދީ މަގާމުން ވަކިކުރި ނަމަވެސް، އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް އެ ބޯޑުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ހުސައިންދީދީ އެގްރޯ ނެޓްގެ އެމްޑީކަމަށް ޢައްޔަނުކުރީ 7 ޖެނުއަރީ 2024 ގައެވެ.

އެގްރޯ ނެޓަކީ ސަރުކާރުގެ ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ކުންފުންޏެވެ.

މިއަދަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އައި ދުވަހެކެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން، ޕީސީބީން ވަނީ އޭނާ ވެސް މަގާމުން ވަކިކޮށްފައެވެ.