Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,636 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ވައިގެ މަގުން ބަންގްލަދޭޝްއިން އައި މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ވައިގެ މަގުން ބަންގްލަދޭޝްއިން އައި މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ގައުމުގެ ރައްޔިތެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސް އިން މިއަދު ބުނީ މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ބަލައި ފާސްކުރިއިރު ކަމަށެވެ. އެގޮތުން އެމީހާގެ ލަގެޖު ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން/ޔާބާ އަށް ފޮޒިޓިވްވެފައިވ...

ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ
Raajje

ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި، ށ. ނަރުދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ. ށ. ނަރުދޫއަށް ރޭ ކުރި ވިއްސާރާގައި، ރޭ ދަންވަރު 12:00 ހާއިރުން ފެށިގެން ހުއްޓާ ނުލައި ވެހެމުންދިޔަ ވާރޭގެ ސަބަބުން އެރަށުގައި ގާތްގަނޑަކަށް ތިން ފޫޓަށް ފެންބޮޑު ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެވިއްސާރާފައި އެރަށުގެ 5 ވަރަކަށް ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެފައިވާއިރު އޭގެ ތެރެއިން 2 ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ހިފާ ގެންގުޅޭތަކެއްޗަށް ގެއްލުން ވެފައިވާކަމަށް […...

މަސްބާނަން އުޅެނިކޮން ނިޔާވި މީހާ ދިއްދޫއަށް ގެންގޮސްފި
News

މަސްބާނަން އުޅެނިކޮން ނިޔާވި މީހާ ދިއްދޫއަށް ގެންގޮސްފި

ހއ. އުލިގަމް ކައިރީ އޮތް ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އޭނާ ހއ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ނުޖޫމް 2 ނަމަކަށް ކިޔާ އެ ދޯނި އޮތީ އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭރު ބޭރުގައި ކަމަށެވެ. އަދި މެއަށް ތަދެއް އަރާފައި ވަނީ އެ ދޯނީގައި ހުރި 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ މެޔަށް ތަދެއް އެރީ ކުއްލިއަކަށްކަމަށާއި އެމީހާ ދިއްދޫއަށް ގެންދެވުނީ […]

ކުޑަ ދެ އަންހެން ކުއްޖަކަށާއި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޑަ ދެ އަންހެން ކުއްޖަކަށާއި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ހއ. ހދ އަދި ށ. އަތޮޅު ހިމެނޭ އަޕަރ ނޯތު ޕޮލިސް ޑިވިޒަން އޭރިއާއިން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ […]

މާފުށީ ޖަލުގައި “ދިވެހިބަހުގެ ގަވާއިދު”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
Raajje

މާފުށީ ޖަލުގައި “ދިވެހިބަހުގެ ގަވާއިދު”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނާއި މަދަނީ މުވައްޒަފުންނަށް ހާއްސަކޮށް “ދިވެހިބަހުގެ ގަވާއިދު”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މާފުށީ ޖަލުގައި ބާއްވައިފިއެވެ. 2020 ފެބްރުއަރީ 11 ން 12 ށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ހެޑް އޮފީހުންނާއި އެކި ޖަލުތަކުން ޖުމްލަ 29 އޮފިސަރުންނާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮ...

2 އަހަރުނުވާ ކުޑަކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފައަށް ދައުވާ އުފުލައިފި
Raajje

2 އަހަރުނުވާ ކުޑަކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފައަށް ދައުވާ އުފުލައިފި

2 އަހަރުނުވާ ކުޑަކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފައަށް ދައުވާ އުފުލައިފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މިރޭ ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި 82 އަަހަރުގެ ހަސަން މޫސާ ދީދީ މައްޗަށް އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ […]

އުތީމުގައި އެއްގަމު ލައިސަންސް ދޫކުރަން ފަށަނީ
Thiladhunmathi News

އުތީމުގައި އެއްގަމު ލައިސަންސް ދޫކުރަން ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ތައްޔާރު ވެއްޖެއެވެ. ހއ. އުތީމު ކައުންސިލްގެ އިދާރާއިން ބުނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް 16 ފެބުރުއަރީ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އެ ކައުންސިލުން ދެމުންދާނެ ކަމަށެވެ. މިގޮތުން ކައުންސިލުން ދޫކުރަމުން ދާނީ ޒޯނު ބީ ގެ ލައިސަންސް ކަމުގައި އެކައުންސިލުން ބުނެފައިވެއެވެ. އުތީމު ކައުންސިލުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ނިންމާފައިވާއިރު، އެ ލައިސަންސް ނެގުމަށްޓަކައި ހަދަން ޖެހޭ ތިޔަރީ […]

ލޮނުމެދު ކެއުމުން އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރި ވެވިދާނެތަ؟
Report

ލޮނުމެދު ކެއުމުން އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރި ވެވިދާނެތަ؟

ލޮނުމެދު ކެއުމުން އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރި ވެވިދާނެކަމަށް ބުނެ މިދުވަސްވަރުދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ. މީސްމީޑިޔާގެ ޒަރިއްޔާއިން ލޮނުމެދު ކެއުމުން މިވައިރަސްގެ ކިބައިން ސަލާމަތް ވެވިދާނެކަމަށް ބުނެ އެކި ކަހަލަ ދޮގު ޕޯސްޓުތައް ދަނީ ދައުރު ވަމުންނެވެ. ކޮރޯނާ ވައިރަސްއާއި ގުޅުވައިގެން ތަފާތު އެކި ދޮގު ހަބަރުތަކާއި މަޢުލޫމާތު ހިއްސާ ކުރަމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމުޢިއްޔާއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ދޮގު ހަބަރު ނުފެތުރުމަށް ދިވެހި ސަރުކާރުނ...

News

މަތީ ގުރޭޑްތަކަށް ކީރިތި ޤުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސްކޮށްފި

ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަ...

ފުރާވަރު ކޭމްޕް ޖަލާލުއްދީން ސްކޫލްގައި ފަށައިފި
Thiladhunmathi News

ފުރާވަރު ކޭމްޕް ޖަލާލުއްދީން ސްކޫލްގައި ފަށައިފި

ފުރާވަރު އުމުރުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އަމާންވެށި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގައި ކުރިއަށް ގެންދާ ފުރާވަރު ކޭމްޕްގެ 79 ވަނަ ކޭމްޕް ޖަލާލުއްދީން ސްކޫލްގައި ފަށައިފި އެވެ. ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު 12:45 ގައި ޖަލާލުއްދީން ސުކޫލުގައެވެ. ފުރާވަރު ކޭންޕު ޖަލާލުއްދީން ސްކޫލުގައު ކުރިއަށްދާނީ މިމަހުގެ 13 އިން 15 ފެބްރުއަރީ އަށެވެ. މި ކޭންޕްގައި ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 10 އަދި 11 ގެ ދަރިވަރުންގެ 93 ދަރިވަރުން ބައިވެރިވެފައިވާއިރު އެއީ 48 އަންހެން […]

މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
Raajje

މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ...

ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ: އެމްޕީ ޢަލީ ޙުސައިން
Raajje

ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ: އެމްޕީ ޢަލީ ޙުސައިން

ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ކެންދޫ ދާއިރާގެ މެމްބަރު، މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ މިހެންވިދާޅުވީ ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތީ، އާ ޓާމިނަލުން ދޭނެ ޖާގަ އާއި މުއްދަތާއި ނަގާނެ ފީއާ ބެހޭ ގޮތުން އެމްއޭސީއެލުން ދިން ސިޓީއަށް ބިނާކޮށް ކަމަށާއި އެއީ ލިއުމުން ދިން “އެއްބަސްވުމެއް” […]

އެސްޓީއޯ އިން ޑީސަލްގެ އަގު ހެޔޮކޮށްފި
Business

އެސްޓީއޯ އިން ޑީސަލްގެ އަގު ހެޔޮކޮށްފި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ. އެސްޓީއޯ އިން 11.19 ރުފިޔާއަށް ޑީސަލް ލީޓަރެއް މިހާތަނަށް ވިއްކަމުން އައިނަމަވެސް އެއަގުން 0.30 ލާރި މިހާރުވަނީ ހެޔޮކޮށްފައެވެ. އެ ބަދަލާއެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދާނީ 10.89 ރުފިޔާ އަށެވެ. We have just reduced price of diesel. pic.twitter.com/2pPpI059MS — STO (@stoplc) February 12, 2020 އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު […]

ހއ. އަތޮޅުގައި އެއްވެސް މަސައްކަތެއް ނުފެށި ލަސްވާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
Thiladhunmathi News

ހއ. އަތޮޅުގައި އެއްވެސް މަސައްކަތެއް ނުފެށި ލަސްވާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ތިންކަމެއް ހއ. އަތޮޅުގައި ނުފެށި ލަސްވަމުންދާ މައްސަލަ ހއ. އަތޮޅު ކައުންސިލްގެ 142 ވަނަ ޢާންމު ބައްދަލުވުމަށް ހުށަހަޅައި އެކަމުގައި އަތޮޅު ކައުންސިލުން ކުރެވިދާނެ ކަމަކީ ކޮބައިތޯ ބެލުމުގެ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން ކުރެވުނު މަޝްވަރާގައި މެމްބަރުންގެ ކަންބޮޑުވުންތައް ހުރިމިންވަރު ބައްދަލުވުމުގައި ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވަޢުދު ތެރޭގައި ހިމެނޭ ހއ. އަތޮޅަށް ކަނޑަ...

ގިރާވަރުގެ އުތުރުން ކަނޑުން ބޯޓެއް އޮޔާދަނީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

ގިރާވަރުގެ އުތުރުން ކަނޑުން ބޯޓެއް އޮޔާދަނީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކ. ގިރާވަރުގެ އުތުރު ކަނޑުން “ބަރޯސާ” ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށެވެ. އެހެންކަމުން، އެ ސަރަހައްދުނ...