2 އަހަރުނުވާ ކުޑަކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފައަށް ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މިރޭ ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި 82 އަަހަރުގެ ހަސަން މޫސާ ދީދީ މައްޗަށް އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކަމަށް ޕީޖީ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމު ވަނީ މި މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކުރި ނަމަވެސް ދައުވާ ކުރަން ފޮނުވާއިރު އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އެއާއިލާގައި ވެސް އެބަތިބި އެ ކުއްޖާއަށް އިހުމާލުވި އިތުރު ބައެއް މީހުން ވެސް ފާހަގަކުރެވިފައި، އަދި ހައްޔަރު ނުކުރިޔަސް. އެހެންވިމަ ފަހަރެއްގައި ދައުވާ ކުރާއިރު ހައްޔަރުގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް
ޝަމީމު ވިދާޅުވިއެވެ.
މި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ އިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ އެ ކުއްޖާ އަށް އިހުމާލުވުމުގެ ތުހުމަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!