ތިލަދުންމަތީ އުތުރުބުރީ އުތީމުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ތައްޔާރު ވެއްޖެއެވެ.
ހއ. އުތީމު ކައުންސިލްގެ އިދާރާއިން ބުނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް 16 ފެބުރުއަރީ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އެ ކައުންސިލުން ދެމުންދާނެ ކަމަށެވެ.
މިގޮތުން ކައުންސިލުން ދޫކުރަމުން ދާނީ ޒޯނު ބީ ގެ ލައިސަންސް ކަމުގައި އެކައުންސިލުން ބުނެފައިވެއެވެ.
އުތީމު ކައުންސިލުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ނިންމާފައިވާއިރު، އެ ލައިސަންސް ނެގުމަށްޓަކައި ހަދަން ޖެހޭ ތިޔަރީ ޓެސްޓު އޮންނާނީ ކޮންމެ އަންގާރަ ދުވަހެއްގެ ހެނދުނު 9:30 ން 10:00 އަށެވެ.
ދުއްވުމުގެ ޓެސްޓު އޮންނާނީ ކޮންމެ އަންގާރަ ދުވަހެއްގެ 11:00 ން 12:00 އަށެވެ.
އުތީމު ކައުންސިލުންދަނީ ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. އެގޮތުން އެކައުންސިލްގެ ފަރާތުން ޢިމާރާތް ކުރަމުންދާ ހިނަވާގޭގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އަދި އެކައުންސިލާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި ގުޅިގެން ޤުރުއާން ކްލާހެއްވެސްވަނީ ހިންގަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!