މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި، ށ. ނަރުދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.
ށ. ނަރުދޫއަށް ރޭ ކުރި ވިއްސާރާގައި، ރޭ ދަންވަރު 12:00 ހާއިރުން ފެށިގެން ހުއްޓާ ނުލައި ވެހެމުންދިޔަ ވާރޭގެ ސަބަބުން އެރަށުގައި ގާތްގަނޑަކަށް ތިން ފޫޓަށް ފެންބޮޑު ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
އެވިއްސާރާފައި އެރަށުގެ 5 ވަރަކަށް ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެފައިވާއިރު އޭގެ ތެރެއިން 2 ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ހިފާ ގެންގުޅޭތަކެއްޗަށް ގެއްލުން ވެފައިވާކަމަށް އެރަށުގައި ހުންނަ ފެނަކަ ބްރާންޗުން މަޢުލޫމާތުދީފައިވެއެވެ. މި ގެތަކުގެ ތެރެއިން ދިރި ނޫޅެވޭވަރަށް ގެއްލުންވި ގެއަކުން މީހުންވެސް ވަނީ ބަދަލުކޮށްފައެވެ.
ފެނަކައިން ބުނީ މިހާރު އެމްއެންޑީއެފާއި ރަށުކައުންސިލާ ގުޅިގެން އެ ރަށުގެ ދެ ސަރަޙައްދެއްގައި ޕަމްޕް ޖަހައިގެން ފެންހިއްކުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!