ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.

Ad
rt

ކީސްޓޭޖް 4 ގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުން. މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެއް،

ސާކިއުލާގައި ވެ އެވެ.

އެޑިއުކޭޝަނުން ބުނީ މިހާރު ކީސްޓޭޖް 4 ގައި (ކީސްޓޭޖް 4 ކީ ގުރޭޑް ނުވައެއް 10 ގެ ދަރިވަރުން) ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭން ފެށީ މުޅިން އަލަށް ކަމަށް ވުމުން އެ ފެންވަރުގައި ކީރިތި ގުރުއާން ކިޔަވައި ދިނުމުގަ އާއި އިމްތިހާނު ކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ކީ ސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކީރިތި ގުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވި ކަމަށެވެ.

"މި ކަންކަމަށް ރިޔާއަތްކޮށް، ކީސްޓޭޖް 4 އެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކޮށްލުމަށް ވަނީ ހަމަޖެހިފައި. މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާނީތީ."

އެޑިއުކޭޝަނުން ބުނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސުކޫލްތަކުގައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިސާކިއުލާރ ނެރެފައިމިވަނީ ކީރިތި ގުރުއާން އިހުތިޔާރީ މާއްދާއަކަށް ހަދާ، ގުރުއާނަކީ އިމްތިހާނު ނުކުރެވޭ މާއްދާއަކަށް ހަދަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮންނެވެ. އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޤުރްއާން މާއްދާ ހިމެނުމުން އެ ކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ބެލެނިވެރިންތަކެއް ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ.

މިޕެޓިޝަން ހުށައެޅި ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެ ޕެޓިޝަނުގައި ޖުމްލަ 18 ސުކޫލަކުން 400 ބެލެނިވެރިން ސޮއިކޮށްފައިވާ ކަމަށާއި އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންގެ ތެރެއިން ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަން ޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މި މާއްދާ ހިމެނިފައި ނުވާއިރު ކުއްލިއަކަށް އެ މާއްދާ މަޖުބޫރު ކުރުމުން ދިމާވާނެ ދަތިތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ، އދ. ހެނބަދޫ ސުކޫލުން 33 ބެލެނިވެރިއަކާއި، ކަލާފާނު ސުކޫލުން 64 ބެލެނިވެރިއަކާއި، މަޖީދިއްޔާ ސުކޫލުން 7 ބެލެނިވެރިއެކެވެ. މީގެ އިތުރަށް އަހުމަދިއްޔާ ސުކޫލުން 15 ބެލެނިވެރިން، ޖަމާލުއްދީން ސުކޫލުގެ 9 ބެލެނިވެރިން އަދި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސުކޫލްގެ 53 ބެލެނިވެރިނާއި، އަމީނިއްޔާ ސުކޫލުން 25 ބެލެނިވެރިން ވަނީ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ. މި ޕެޓިޝަންގައި ތާޖުއްދީން ސުކޫލުން 2 ބެލެނިވެރިން، އަދި އިސްކަންދަރު ސުކޫލުން 20 ބެލެނިވެރިން، ރެހެންދި ސުކޫލުން 11 ބެލެނިވެރިން، އަދި ހުރަވީ ސުކޫލުން 47 ބެލެނިވެރިން އަދި ބްރައިޓްވޭ ސުކޫލުން 14 ބެލެނިވެރިން، ޣާޒީ ސުކޫލުން 18 ބެލެނިވެރިން ސޮއިކޮށްފައިވެއެވެ. އަދި ހދ. ހަނިމާދޫ ސުކޫލުން 1 ބެލެނިވެރިއަކު، ޣިޔާސުއްދީން ސުކޫލުން 3 ބެލެނިވެރިން އަދި ބްރިޖް ލާނިންގ އިން 1 ބެލެނިވެރިއަކު ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން 1 ބެލެނިވެރިއަކު މި ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ.

މި ޕެޓިޝަންގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ 2020 ގައި ގްރޭޑް 10ގައި އުޅޭ ކުދިންގެ ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އިހުތިޔާރީ މާއްދާތަކުގައި ޤުރުއާން މާއްދާ ހިމެނިފައި ނުވާ ކަމަށެވެ.

އެހެންކަމުން ކުއްލިއަކަށް އެ ގްރޭޑްގެ ކުދިންނަށް އެ މާއްދާ މަޖުބޫރު ކުރަން އުޅޭކަމުގެ ކަންބޮޑުވުމާއި، ދަރިވަރުންނާއި ޓީޗަރުން ތަމްރީނު ނުކޮށް ކުއްލިއަކަށް ޤްރުއާނުން ޤައުމީ ފެންވަރުގެ އިމްތިހާނެއް ބޭއްވުމަކީ ކަނޑައެޅުންވެސް ފާހަގަކޮށްފައިވެ އެވެ.