Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,683 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

130 ކިލޯގެ މަސްތުވާތަކެއްޗާއެކު، ޝަހީބު ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފި
Raajje

130 ކިލޯގެ މަސްތުވާތަކެއްޗާއެކު، ޝަހީބު ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރީސަރުކާރުގެ ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަދި މިހާރު ޕީއެންސީގެ ކައުންސިލް މެންބަރެއް ގޮތުގައި ހުރި ޝަހީބް އިބްރާޙީމް(ކާފަ) އާއި، އިތުރު ބަޔަކު ހައްޔަރު ކޮށްފިއެވެ. މި ތަކެތި އަތުލައިގަނެ މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެވެ. މި އޮޕަރޭޝަނުގައި ޖުމްލަ ހަތް މީހެއް ހައްޔ...

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި
Raajje

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި

ކޮވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި އެވެ.  އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި 14...

ހަނިމާދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ހަނިމާދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ

ހދ. ހަނިމާދޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫން ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައިވާކަން ހަނިމާދޫ ކައުންސިލުން ވަނީ ”ތިލަދުން” އަށް ކަށަވަރު ކޮށްދީފައި އެވެ. ހަނިމާދޫ ކައުންސިލުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އޭނާ ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ސާމްޕަލުން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. ކޯވިޑާއި ގުޅިގެން ސިއްހީ ގޮތުން އެޗްޕީއޭއިން ދެއްވާފައިވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަށް ވަމުން ގ...

އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް
Thiladhunmathi News

އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ހދ. ނެއްލައިދޫ އަދި ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން އެމްޓީސީސީން ބުނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް […]

ޕޮޒިޓިވްވާ މީހުން ބައިތިއްބަން މާލެއާއި ހުޅުމާލެއިން ފެސިލިޓީތައް ހޯދަނީ
Raajje

ޕޮޒިޓިވްވާ މީހުން ބައިތިއްބަން މާލެއާއި ހުޅުމާލެއިން ފެސިލިޓީތައް ހޯދަނީ

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މާލެ އަދި ހުޅުމާލޭގައި ބޭއްތިއްބުމަށް އެކަމަޑޭޝަން ކުއްޔަށް ހިފުމަށް ބޭނުން ވެގެން ހެލްތު މިނިސްޓްރީއިން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން އެކަމަށް މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ބައިތިއްބާ މީހުންނަށް އެކޮމޮޑޭޝަން ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ. މިގޮތުން ކުއްޔަށް ހިފަން ބޭނުންވާ  ފެސިލިޓީ ތަކުގެ ރޫމަކަށް ދުވާލަކަށް ކަނޑައަޅާނެ ފައިސާގެ ރޭޓުތައް ވެސް އެ އިއުލާނާއެކު ހިމަނާފައި […...

މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް އެއްބަސްވުމެއް
Raajje

މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް އެއްބަސްވުމެއް

ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމާއިގުޅޭ އެމްއޯޔޫ އެއްގައި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރްއައި) އާއެކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ސޮއިކޮށްފިއެވެ. އެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި، އެސްއާރްއައި އާއެކު އޮންލައިންކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެވެ. އެ އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރއައިގ...

ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި
Raajje

ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާފައިވަނީ އިންޑޮނީޝިއާ އަދި މެލޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައިކޮމިޝަނަރުންނާއި، ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުންނާއެވެ. މި ބައްދަލުވުމުގައި ކޮވިޑް...

ބައިނަލްއަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް
Raajje

ބައިނަލްއަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް

ސަރަހައްދީ ފެންވަރުގެ ބައިނަލް އަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ލިބިއްޖެ އެވެ. ސްޓެލްކޯއަށް ލިބިފައިވަނީ “ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ” އެވޯޑް އާއި އިންޑިވިޖުއަލް ކެޓަގަރީއިން “އިމާޖިން ލީޑާ އޮފް ދި އިޔާ” ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީއަށް ލިބިގެންދިޔަ އެވޯޑެވެ. މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑު އެ ކުންފުންޏަށް ލިބިފައިވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 […]

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަށް 400 މިލިއަން ޑޮލަރުގެ ލޯނެއް
Raajje

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަށް 400 މިލިއަން ޑޮލަރުގެ ލޯނެއް

“ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށް ގެންދާ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު “ތިލަމާލެ ބުރިޖު” ގެ މަސައްކަތަށް އިންޑިއާ އިން ފޯރުކޮށްދޭ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ. މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުނ...

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މެދުރާއްޖެތެރެއަށް ޔެލޯއެލާޓް ނެރެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި،...

ފޯކައިދޫއަށް ޕޯސްޓްގެ ޚިދުމަތް ދޭނެ އެޖެންޓެއް ހޯދަނީ
Thiladhunmathi News

ފޯކައިދޫއަށް ޕޯސްޓްގެ ޚިދުމަތް ދޭނެ އެޖެންޓެއް ހޯދަނީ

ށ. ފޯކައިދޫއަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދަން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން އިޢުލާންކޮށްފި އެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ފޯކައިދޫއަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ހޯދަން ބޭނުންވާ ކަމަށެވެ. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވި...

ކޯވިޑް ބަލީގެ 35 ވަނަ މަރު، 56 އަހަރުގެ ދިވެއްސެއް
Raajje

ކޯވިޑް ބަލީގެ 35 ވަނަ މަރު، 56 އަހަރުގެ ދިވެއްސެއް

ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިއަދު މެންދުރުފަހު 2:20 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 35 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު މި ދިޔަ އޯގަސްޓް މަހުން […]

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، ޚިޔާލުތަކަށް މަރުޙަބާ ކިޔަންޖެހޭ: ފަޒްނާ
Raajje

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، ޚިޔާލުތަކަށް މަރުޙަބާ ކިޔަންޖެހޭ: ފަޒްނާ

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފި އެވެ. އެ ކަމަނާ މިހެން އެދިވަޑައިގެންނެވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ...

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަނީ
Raajje

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަނީ

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަމުން ގެންދާކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި، ވޯލްޑް މެންޓަލް ހެލްތު ޑޭ އާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބުލިޔު އެޗްއޯއިން ކުރިޔަށް ގެންދިޔަ، ދަ ބިގް އިވެންޓް ފޯރ މެންޓަލް ހެލްތުގައި ބައިވެރިވެ ވަޑައިގެން ދެއްވި މެސެޖުގައެވެ. ދިވެހި ބަހުން ރައީސުލްޖުމުހޫރިއްޔާ ދެއްވި މި މެސެޖުގައި ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމ...

ފެނަކަ އިން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރަނީ
Raajje

ފެނަކަ އިން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރަނީ

ފެނަކަ ކޯޕަރޭޝަނުން ޅ. އޮޅުވެލިފުށީގައި ސޯލާ ޕީވީ ޕްރޮޖެކްޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ. ފެނަކަ އިން ބުނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ އެ ޕްރޮޖެކްޓުގެ ދަށުން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، އެ ޕްރޮޖެކްޓު ނިމުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ […]