ފެނަކަ ކޯޕަރޭޝަނުން ޅ. އޮޅުވެލިފުށީގައި ސޯލާ ޕީވީ ޕްރޮޖެކްޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފެނަކަ އިން ބުނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ އެ ޕްރޮޖެކްޓުގެ ދަށުން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، އެ ޕްރޮޖެކްޓު ނިމުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ، ކާބޮން ޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 16.5 ޓަން މަދުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ މަޝްރޫއު 18 މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ އެވެ.
Under this project, Solar PV of 150kW will be installed in Lh. Olhuvelifushi and 12MW will be installed in selected islands throughout Fenaka.
— Fenaka Corporation Ltd (@TeamFenaka) October 10, 2020
ފެނަކައިން އަންނީ އިޔާދަކުރަނިވި ހަކަތަ އުފެއްފުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން މިދިޔަ އަހަރު އިޓަލީގެ މިލާނޯ-ބިކޯކާ މެދުވެރިކޮށް ފ. މަގޫދޫގައި ގާއިމްކުރި ސޯލާ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ގަތުމަށް ނޮން-ޔުޓިލިޓީ ފަރާތަކާއެކު ރާއްޖޭގައި ފުރަތަމަ ސޮއިކުރެވުނު ޕަވާ-ޕާޗޭސް އެއްބަސްވުމެއްގައި ފ. މަގޫދޫ ކައުންސިލާއެކު ސޮއިކުރެވިފައި ވެއެވެ.
އަދި މިސްކިތްތަކުގައި ސޯލާ-ޕީވީއާއި އެއާކޮންޑިޝަން ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!