ހދ. ހަނިމާދޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހަނިމާދޫން ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައިވާކަން ހަނިމާދޫ ކައުންސިލުން ވަނީ ''ތިލަދުން'' އަށް ކަށަވަރު ކޮށްދީފައި އެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އޭނާ ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ސާމްޕަލުން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
ކޯވިޑާއި ގުޅިގެން ސިއްހީ ގޮތުން އެޗްޕީއޭއިން ދެއްވާފައިވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަށް ވަމުން ގެންދިޔުމަށް ހަނިމާދޫ ކައުންސިލުން ވަނީ އެދިފައި އެވެ.
އެރަށުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެެކެވެ. އޭނާ ހޯމް ކަރަންޓީނުގައި ހުރީ ޢާއިލާއާއި އެކުގައި ކަމަށްވެސް އެނގިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!