މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ފޯކައިދޫއަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ހޯދަން ބޭނުންވާ ކަމަށެވެ.
- ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
- ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން.
- ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
- ޕޯސްޓް ކާރގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ޙަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.
- ސްޓޭމްޕް ވިއްކުން.
- ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.
އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުތުތަކެއްކަމަށް އެއިޢުލާނުގައި ބުނެފައިވަނީ ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވާނެ ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެފަރާތަކީ ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވާން ޖެހޭނެކަމަށާއި މީގެ އިތުރުން ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.
އުޖޫރަ އެއްގެ ގޮތުގައި މަހަކު -/ 300 (ތިންސަތޭކަ ރުފިޔާ) އޭޖެންސީ އުޖޫރަ އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖޭހޭ ތަކެތީގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކައުންސިލް އިދާރާއެއްނަމަ ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން،ި ވިޔަފާރިކުރާ ފަރާތެއްނަމަ ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ، ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ އެވެ.
މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސިޓީފޮނުއްވުން އެދެއެވެ. ސިޓީ ފޮނުއްވާނީ އެކުންފުނީގެ ފެކްސް ނަމްބަރ 3321559 އަށެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ info@maldivespost.com ނުވަތަ domesticdispatch@maldivespost.com އަށެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެކަމަށް އެކުންފުނިން ބުނެއެވެ.
ފޯކައިދޫގެ އިތުރުންވެސް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިންވަނީ ވ. ރަކީދޫ، ލ. ގަން އަދި ބ ފެހެންދޫ އަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓުން ހޯދަން އިޢުލާން ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!