ފޯޅަވައްސާއި ގުޅުވައިގެން ދިވެެހިންގެ ތެރެއިން ބަޔަކު ކުރާ ދައުވާއަކީ ސިޔާސީ ހައިޖާނަކަށް މަގުފަހި ކުރަން ދައްކާ ބޭކާރު ވާހަކައެއް ކަމަށް އައްޑޫ ސީޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް ކުރާ ދަޢުވާއާއިގުޅިގެން ދިވެހިންގެ މެދުގައި ވަނީ ބަހުސެއް ހިނގާފައެވެ. އަދިވެސް އެބަހުސް ދަނީ ކުރިއަށެވެ. ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ބަޔަކު ވެސް އެބަތިއްބެވެ. އެކަމަށް ބާރުލިބޭކަމަށް އެމީހުން ދެކޭ ހެކިތައް ވެސް އަންނަނީ ދައްކަމުންނެވެ.
މި މައްސަލައާއިގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ، ފޯޅަވައްސައް ދިވެެހިންގެ ތެރެއިން ބަޔަކު ކުރާ ދައުވާއަކީ ސިޔާސީ ހައިޖާނަކަށް މަގުފަހި ކުރަން ދައްކާ ބޭކާރު ވާހަކައެއް ކަމަށެވެ.
''ފޯޅަވައްސަކީ ތާރީޚީ ގޮތުން ދިވެހިންނާ އިދާރީ ހިންގުމުގައި އެއްވެސް ގުޅުމެއް އޮތް ތަނެއްނޫން، އަޅުގަޑުމެން ގޮސްއުޅުނު ތަނެއްވެސް ނޫން'' އޭނާ ވިދާޅުވެފަވެއެވެ.
ފޯޅަވައްސައް ދިވެެހިންގެ ތެރެއިން ބަޔަކު ކުރާ ދައުވާއަކީ ސިޔާސީ ހައިޖާނަކަށް މަގުފަހި ކުރަން ދައްކާ ބޭކާރު ވާހަކައެއް. ފޯޅަވައްސަކީ ތާރީޚީ ގޮތުން ދިވެހިންނާ އިދާރީ ހިންގުމުގައި އެއްވެސް ގުޅުމެއް އޮތް ތަނެއްނޫން. އަޅުގަޑުމެން ގޮސްއުޅުނު ތަނެއްވެސް ނޫން.
https://t.co/QZPsw5LUUU— Ali Nizar (@DhekunuNizar) April 21, 2023
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި މިމަހުގެ 28 ވަނަ ދުވަހު ހުކުމްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް އިންޓެނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމާއި، މޮރިޝަސްއިން ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބު، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ފުށުއަރާ މައްސަލައިގައި ގޮތެއް ނިންމުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް މީގެކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އިޓްލޮސްގައި މިހާރު ހިނގަމުންދާ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުމުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!