މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,453 Stories
3,107 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ
Raajje

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ

ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ އިދިކޮޅު ދެ ޕާޓީން ނިންމުމުން މަޖިލިސްކުރާގޭ ދޮށުގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ. ބަންޑާރަނައިބު އަހްމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމާފައިވާއިރު، މަޖިލީހުގައި އެ ޕާޓީއާއި ބައިއަތު ހިފާފައިވާ ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ ތިން ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ. އެމްޑީޕީންނާއި ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައިވާ ވަޒީރުންނަކީ، އިސްލާމީކަންތައްތަކާ ބެހޭ ވު...

އޭޖީއާއެކު ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި
Raajje

އޭޖީއާއެކު ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

އެޓާނީ ޖެނަރަލް (އޭޖީ) އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު ނިންމައިފިއެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގެ އެޖެންޑާގައި އޮތީ ހިމަނާފައެވެ. ވަޒީރުންނަށް ރުހުން ދިނުމާގުޅޭގޮތުން މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ތްރީ ލ...

މުހައްމާގެ މައްޗަށް ނަސީރު ކުރި ހޯދައި ޓިކެޓް ކަށަވަރުކޮށްފި
Raajje

މުހައްމާގެ މައްޗަށް ނަސީރު ކުރި ހޯދައި ޓިކެޓް ކަށަވަރުކޮށްފި

މިއަދު ކުރިއަށް ދިޔަ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި، އެ އިއްތިހާދުގެ ހއ. އިހަވަންދޫ ދާއިރާގެ ޓިކެޓް އަހްމަދު ނަސީރު ކާމިޔާބުކޮށްފިއެވެ. ނަސީރު (ރަށްމެދުގެ/އިހަވަންދޫ) ޓިކެޓް ކަށަވަރުކުރީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މަޝްހޫރު ފިލްމީ ފަންނާނު، މުހައްމަދު އަބުދުﷲ (މުހައްމާ)، އުސްހަކުރުގެ/އިހަވަންދޫ) އަދި ހާޝިމް މުހައްމަދު، (ހަވީރީގެ/އިހަވަންދޫ)ގެ މައްޗަށް މިއަދުގެ ޕްރައިމަރީގައި ކުރި ހޯދައިގެންނެވެ. ހއ.ގެ އެހެން ދާއިރާތަކަށް ބަލާއިރު، ކެލ...

ދޯންޏެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
Raajje

ދޯންޏެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ދިޔުމުގެ ސަބަބުބް ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން މިރޭ ބުނީ އަރިއަތޮޅާއި 19 މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއް މިއަދު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނި އަޑިއަށް ދިޔުމުން އޭގައި ތިބި ތިން މީހުން ކަނޑުވެފައިތިއްބާ އެ ސަރަހައްދުން ދަތުރުކުރި ފިއުލް ސަޕްލައިގެ އުޅަނދަކަށް އެމީހުން ފެނިގެން ވަނީ ސަލާމަތްކޮށްފައިކަމަށް މެރިން ޕޮލިހުން ބުނެއެވެ. އެ މީހުން ސަލާމަތްކޮށްގެން މިހާރު މާލެ ގެނެސްފައިވާއިރު، މި...

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ޚަބަރެއް ނުވެގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިރޭ ބުނީ މާލެ އަށް ޑޮކްޓަރަށް ދައްކަން އައިސްހުރި މީހެއްގެ ޚަބަރެއް ނުވެގެން މިރޭ 20:50 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން އެމީހާ މާލޭގައި ހުންނަ ގެއަށް ފުލުހުން މިރޭ ވަނީ ގޮސްފައެވެ. އަދި އެމީހާ ހުންނަ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ […]

ލަތީބެ، މުހައްމަދު، ފަރުހަތު، އެޑަމް އަދި ހަސަނާގެ އިތުރުން ބައެއް ބޭފުޅުން ޓިކެޓް ކަށަވަރުކޮށްފި
Raajje

ލަތީބެ، މުހައްމަދު، ފަރުހަތު، އެޑަމް އަދި ހަސަނާގެ އިތުރުން ބައެއް ބޭފުޅުން ޓިކެޓް ކަށަވަރުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ބާއްވާފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރި ބޮޑުތިލަދުންމަތީގެ ބައެއް ދާއިރާތަކަށް ވާދަކުރެއްވި ބައެއް ބޭފުޅުންނަށް ޓިކެޓް ކަށަވަރުވެއްޖެއެވެ. މިގޮތުން ހދ. ދިއްދޫ ދާއިރާގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ)، ފުނަމާގެ/ހއ.ދިއްދޫ އަށެވެ. ލަތީބެއާ ވާދަކުރީ ހުސައިން ރަޝީދު، ދަފުތަރު:6629/މާލެ އެވެ. ހދ. ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާކުރެން ކުޅުދުއްފުށީ އުތުރު ދާއިރާ...

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް
Raajje

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް

ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުގެ އޮތީ ހެޔޮ ނިޔަތްކަމަށާއި، ވައުދުތައް ފުއްދުމާއެކު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލީޑްކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ކުރިއަށް ދިޔަ ވަގުތު އެތަން ބައްލަވައިލައްވަން ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސ...

ނަޝީދު އާ ޒަވާޖީހަޔާތެއް ފައްޓަވައިފިކަމުގެ އަޑުތަކެއް
Raajje

ނަޝީދު އާ ޒަވާޖީހަޔާތެއް ފައްޓަވައިފިކަމުގެ އަޑުތަކެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ޒަވާޖީ ހަޔާތެއް ފައްޓަވާފައިވާކަމަށް އަޑުތައް ފެތުރިއްޖެއެވެ. ނަޝީދު އާ ކައިވެންޏެއް ކުރައްވާފައިވާކަމަށް މީސްމީޑިއާގެ އިތުރުން ބައެއް ނޫސްތަކުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނަޝީދު ކައިވެނި ބައްލަވައިގަތީ ދީނީ އިލްމުވެރިޔާ ޝައިހު ރުޝްދީއަށް ކާފަ ވިދާޅުވާ ޔުމްނާ ރުޝްދީ ކިޔާ ބޭފުޅަކާއި ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ. އެމްޑީޕީގެ ޗެއާޕާސަންކަމާއި، ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ މަގާމު ފުރުއްވި ނަޝީދުގެ އާ ކައިވެނި ހަފުލާ އޮތީ އަ...

މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން
Business

މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން

ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމަށް އާމިނަތު ސޫޒަން މިއަދު ހަމަޖައްސައިފި އެވެ. ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ސޫޒަން އަކީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެންބަރެވެ. މީގެ އިތުރުން އޭނާ އަކީ...

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހަނިމާދޫން ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހަނިމާދޫން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހދ. ހަނިމާދޫން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއްބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް […]

ޕީއެންސީ/ޕީޕީއެމް މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
Raajje

ޕީއެންސީ/ޕީޕީއެމް މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރައިމަރީގައި ވޯޓުލާން ފަށާފައި ވަނީ ހެނދުނު 10:00 ގައެވެ. އަދި ވޯޓުލުން ހަވީރު 5:00 ގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ ހައްގު […]

އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހުއްޓައިލުމަށް ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފި
International

އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހުއްޓައިލުމަށް ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފި

އިސްރާއީލުން ޣާއްޒާގަައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަގްވާމީ އިންސާފާބެހޭ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ. އިސްރާއީލުން، ފަލަސްތީނުގެ ޣާއްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އަމަލުތައް ހުއްޓައިލުމަށް އަމުރުކޮށް، އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އަމުރުކޮށް ދިނުމަށް އެދި ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށ...

ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް
Thiladhunmathi News

ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރަކު އިންތިޚާބު ކުރަން ބާއްވަން ނިންމި ބައި-އިލެކްޝަނަށް އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އެ ގޮނޑި އޭނާ އަށް ކަށަވަރުވެއްޖެއެވެ. މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އެކަމަށް ހުޅުވާލި ފުރުސަތުގައި އެ ގޮނޑިއަށް ކުރިމަތިލީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު އެރަށު ޑޭޒީމާގެ، ފަހީމާ މުހައްމަދު އެކަންޏެވެ. އެހެންކަމުން ތަކަންދޫ ކައުން...

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި
Raajje

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ ދެ މަސް ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި  ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަނ...

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ހެނދުނު 10 އިން ހަވީރު 5 އަށް
Raajje

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ހެނދުނު 10 އިން ހަވީރު 5 އަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މާދަމާ ބާއްވަން ނިންމާފައިވާއިރު އެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10 އިން ހަވީރު 5 އަށް ކަމަށް އެ އިއްތިހާދުން ބުނެފިއެވެ. ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން މިއަދު ބުނީ މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ […]