މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހދ. ހަނިމާދޫން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއްބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ބުންޏެވެ.

''މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކު ފަސް ދުވަހަށް އަދި އަނެއް މީހާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.'' ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖެނުއަރީ 25 ވަނަ ދުވަހުގެ ރޭ ހަނިމާދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި 40 ހަކަށް ފުލުހުން ވަނީ އެރަށުގައި ހަރަކާތްތެރިވެފައެވެ.