މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,298 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އައިޖީއެމްއެޗްގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފި
Raajje

އައިޖީއެމްއެޗްގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފި

ޚިދުމަތް ހޯދަންދާ މީހުން މަދުވުމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފިއެވެ. އައިޖީއެމްއެޗުން ބުނީ ހައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން އެ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ކްލިނިކްގެ ޚިދުމަތް ހުއްޓާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެއާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ އެއްވެސް މީހަކު ރޯގާގެ އަލާމާތެއް ހުރިނަމަ މާސ...

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް ރަންގަލި ރިސޯޓުގެ ވަޒީފާ
Raajje

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް ރަންގަލި ރިސޯޓުގެ ވަޒީފާ

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް، ކޮންރަޑް މޯލްޑިވްސް، ރަންގަލި ރިސޯޓުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިނ...

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އިތުރު 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮަޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ފުލުހުން މިއަދު ބުނީ، މި އޮޕަރޭޝަންގެ ތެރެއިން ޖުލައި 8 ވަނަ ދުވަހު، މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ރީޓެއިލް ފިހާރަތަކާއި، ޓޭކްއަވޭ ކޮފީޝޮޕްތަކުގެ ތެރެއިން 3 ތަނެއް ޗެކްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނު...

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވައިފި
Raajje

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވައިފި

ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ނުވަތަ ކައުންޓާފީޓް ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، އެ އިދާރާގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ހަތަރު...

ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން
Raajje

ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން

ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމްގެ ދަރިފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމެއް ހަމަޖައްސާފައިވާ ކަމަށާއި، ޝަހީމްގެ ކޮށްކޮއަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބުގެ މަގާމު ދީފައިވާކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ. ޝަހީމް މިއަދު...

ޤުރުއާނާއި، ޤުރުއާނާއި ގުޅުންހުރި މާއްދާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަދީފި
Raajje

ޤުރުއާނާއި، ޤުރުއާނާއި ގުޅުންހުރި މާއްދާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަދީފި

ކީރިތިޤުރުއާނާއި އަދި ޤުރުއާނާއި ގުޅުންހުރި އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދީފިއެވެ. އެމްކިއުއޭއިން ބުނިގޮތުގައި މި ހުއްދަ ދީފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ލަފާގެމަތިންނެވެ. މިގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިޔުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް ޢާންމުކުރީންސުރެ، ޤުރުއާނުގެ ކޯސްތައްވެސް ހިމެނޭހެން އޮންލައިންކޮށް ކިޔަވައިނު...

ވޭނަކުން ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަނީ
Raajje

ވޭނަކުން ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަނީ

މާލޭގައި ވޭނަކުން ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ބުނީ މާލޭގެ ގަލޮޅުކަންމަތީގައި އޮތް ވޭނަކުން ބާރުގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެއީ ނުރައްކާތެރި ގޮވުމުގެ އަޑު ނޫންކަން ސިފައިން، ފުލުހުންނަށް ޔަގީންކޮށްދީފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަޑުފައްގަނޑު އިވުނީ އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭ ކަމަށ...

ސަރުކާރުން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ރަސްމީކޮށް އުތުރުގައި ފަށަނީ
Thiladhunmathi News

ސަރުކާރުން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ރަސްމީކޮށް އުތުރުގައި ފަށަނީ

މިއަދުން (ރެއިން) ފެށިގެން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ މައި ހަރުގޭގައި ރޭ ކުރިއަށް ގެންދިޔަ އެ އިއްތިހާދުގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމާއެކު ތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ ވާހަކަތައް ފެށުނު ކަމަށެވެ. އެއަށްފަހު އެންމެ ހަ މ...

ކޮންމެ މީހަކު ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދަން ވަޒީރު ތޯރިގު އިލްތިމާސް ކުރަށްވައިފި
Raajje

ކޮންމެ މީހަކު ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދަން ވަޒީރު ތޯރިގު އިލްތިމާސް ކުރަށްވައިފި

ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި ކޮންމެ މީހަކު ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިލްތިމާސް ކުރަށްވައިފިއެވެ. ވަޒީރު މި އިލްތިމާސް ކުރަށްވާފައި ވަނީ ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން “ގޯ ގްރީން” ގެ ނަމުގައި އިއްޔެ ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޠާރިޤު […]

ލޯކަލް ކައުންސިލްސް އެސޯސިއޭޝަންގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައިފި
Raajje

ލޯކަލް ކައުންސިލްސް އެސޯސިއޭޝަންގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ)ގެ ފުރަތަމަ އާންމު ޖަލްސާ އިއްޔެ ބާއްވައިފިއެވެ. މި ޖަލްސާ ބާއްވާފައި ވަނީ ބ. އަތޮޅު ކަމަދޫގައެވެ. މި ޖަމިއްޔާގެ ފުރަތަމަ އާންމު ޖަލްސާ އިފްތިތާހްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ. މި ޙަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ޖަމިއްޔާ އުފެދިގެންދާ އިރު ސަރުކާރުގެ ފަރާތުން ކައުންސިލްގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައ...

ރައީސް މުޢިއްޒުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް
Raajje

ރައީސް މުޢިއްޒުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް

މިއަދު ފެށުނު ހިޖުރީ އައު އަހަރުގެ ތަހުނިޔާ، ރައީސް ޑެ. މުހައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. މުޢިއްޒު، 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަޚުންނާއި އުޚުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދޭނެ އަހަރަކަށް ވުމަށް ވަނީ އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ. ޚާއްޞަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް...

''އައު ކުރަންވީ އެއް ޢަޒުމަކީ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން''
Raajje

''އައު ކުރަންވީ އެއް ޢަޒުމަކީ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން''

ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މާދަމާ ފެށޭ ހިޖުރީ އައު އަހަރުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވަނީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މު...

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙު ވަކިކޮށްފި
Raajje

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙު ވަކިކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ  ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމުގައި ހުންނެވި އިމާދު ޞާލިޙު އެ މަގާމުން ވަކިކޮށްފިއެވެ. އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރު ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައި ވަނީ އެންޑީއޭގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިމާދު ޞާލިޙު އެ މަޤާމުން ވަކިކުރުމަށް އެންޑީއޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ކަމަށެވެ. އޭނާ ވަކިކުރަން ނިންމާފައި ވަނީ އެ އޭޖެންސީގެ މަޤުޞަދާ […]

ހަށިވިއްކި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި
Raajje

ހަށިވިއްކި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި

ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ސްޕާއަކުން ހަށިވިއްކާކަމުގެ ތުހުމަތުގައި ތައިލެންޑް ތިން އަންހެނުންނާއި، ދިވެހި ފިރިހެނެއް ހައްޔަރުކުރީ ބުރާސްފަތި ދުވަހު ރެއެވެ. ފުލުހުންގެ ޚިދުމަތުން ރޭ ބުނިގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ތައިލެންޑް ތިން އަންހެނުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދި...

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށް: އަބުދުއްރަހީމް
Raajje

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށް: އަބުދުއްރަހީމް

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަބުދުއްރަހީމް ވިދާޅުވެފައި ވަނީ ”އެ ޕެންޑްރައިވް”ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. ”ސުވާލު ކުރި މީހާއަ...