ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ނުވަތަ ކައުންޓާފީޓް ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، އެ އިދާރާގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ހަތަރު ބިދޭސީއަކު ވަނީ ގެންގޮސްފައެވެ. ނަމަވެސް މި މީހުން ނިސްބަތްވާ ޤައުމުތައް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

އެ މީހުން ރާއްޖެ އެތެރެވާން އުޅެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން ވަނީ މި މީހުންގެ ފޮޓޯ އާންމުކޮށްފައެވެ.

ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހުއްޓުވާފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އެ އިދާރާއިން ދަނީ ފުޅާ އޮޕަރޭޝަނެއް ހިންގަމުންނެވެ.