ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ޤައުމު މިނިވަންކަންމަތީ އޮވެގެން: ނައިބު ރައީސް
މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށާއި، ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެންކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ ރާއްޖެ، އިނގިރޭސިންގެ ދަށުން މިނިވަންކަން ލިބުނުތާ 59 އަހަރު ފުރޭ ރާއްޖޭގެ މިނިވަން ދުވަހެވެ. މިއަދުގެ މުނާސަބާގައި ނައިބު ރައީސް ވަނީ ޚާއްޞަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. މި މެސެޖުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކޮށް، ޤައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަނ...