Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,634 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ތިލަމާލެ ބްރިޖް ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ އުންމީދެއް: ރައީސް
Raajje

ތިލަމާލެ ބްރިޖް ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ އުންމީދެއް: ރައީސް

ތިލަމާލެ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ބޭއްވި ހިނގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާ އ...

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މީހާ 15 ދުވަހަށް ބަންދުކޮށްފި
Raajje

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މީހާ 15 ދުވަހަށް ބަންދުކޮށްފި

ފުވައްމުލަކު ސިޓީގައި ކާރެއް ބޭނުންކޮށްގެން ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު މިސްކިތްމަގު، އަންދާޒު، އަޙްމަދު ޢައުނުﷲ (35އ) އެވެ. މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި...

ރައީސް ބޭނުންފުޅުވަނީ އިންޖިނޭރިންގ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން
Raajje

ރައީސް ބޭނުންފުޅުވަނީ އިންޖިނޭރިންގ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން

ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމުކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޖިނޭރިންގ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މ...

ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިން ލެބޯޓްރީއެއް ޤާއިމުކުރަނީ
Raajje

ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިން ލެބޯޓްރީއެއް ޤާއިމުކުރަނީ

ދިވެހިރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ މި ޒަމާނީ އިންޖިނިއަރިންގ ލެބޯޓަރީ ޢިމާރާތަކީ، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް އެއް ފ...

ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ދެމެހެއްޓެނިވި އެކުވެރިކަމުގެ ވަރުގަދަ ނިޝާނެއް: ރައީސް
Raajje

ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ދެމެހެއްޓެނިވި އެކުވެރިކަމުގެ ވަރުގަދަ ނިޝާނެއް: ރައީސް

ވެރިރަށް މާލެއާއި އެއާޕޯޓް އަދި ހުޅުމާލެ ގުޅުވާލަދެމުން  ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ހުޅުވިގެން ދިޔައީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙްމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ސިނަމާލެ ބްރިޖަށް އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ހަމައެކަނި އުމްރާނީ ވަސީލަތެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ...

ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް އަނިޔާވެ ހާލު ސީރިއަސް
Raajje

ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް އަނިޔާވެ ހާލު ސީރިއަސް

ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރިންނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ […]

ސިނަމާލެ ބްރިޖުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން: ޗައިނާ އެމްބަސީ
Raajje

ސިނަމާލެ ބްރިޖުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން: ޗައިނާ އެމްބަސީ

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެޅުނު ފުރަތަމަ ކަނޑު ހުރަސް ބްރިޖްގެ ގޮތުގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ވެގެން ގޮސްފައިވަނީ ގުޅާލެވުނު ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ބްރިޖަކަށް ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ. ސިނަމާލެ ބްރިޖަކީ ވެރިރަށް މާލެއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން...

އައިޖީއެމްއެޗްގެ ބާރު ކުޑަކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ތިން ޚިދުމަތެއް ފަށައިފި
Raajje

އައިޖީއެމްއެޗްގެ ބާރު ކުޑަކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ތިން ޚިދުމަތެއް ފަށައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އޮތް ބާރު ކުޑަކުރުމުގެ ގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ތިން ޚިދުމަތެއް މިއަދު ފަށައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ފެށި މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ގޭސްޓްރޯއެންޓެރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލަޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ޚިދުމަތެވެ. މި ޚިދުމަތްތަކާއެކު އެ ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ނިއުރޯ ސައިންސް ޔުނިޓެއްވެސް ހުޅުވާފައެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފް...

ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ (28 އޮގަސްޓް 2026) ވަނަ ދުވަހުގެ ހަވީރު 17:34 އެހައިކަންހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އެ ވަގުތު ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު، އެ ސައިކަލު ދުއްވި މީހާ ވަނީ އެ ސަރަހައްދުން ފިލަން މަސައްކަތްކޮށްފައެވެ. މި ހާދިސާ...

އަޅުގަނޑު ނުކުތީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕަކުން ނޫން: ފައްޔާޟް
Raajje

އަޅުގަނޑު ނުކުތީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕަކުން ނޫން: ފައްޔާޟް

އެމަނިކުފާނު ނުކުމެވަޑައިގަތީ ‘ބޮޑު ބަދަލު’އާ ގުޅޭ ރަސްމީ ގްރޫޕަކުން ނޫން ކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޟު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލުމާ ގުޅިގެން، އެކަމާ ހިތްހަމަޖ...

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި
Business

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށްވެ، މަހުގެ ޑިމާންޑު އިތުރުވެފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21.00 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިއަދުން ފެށިގެން އެ ކުންފުނީގެ ފެސިލިޓީތަކުންނާއި މަސްކިރާ ބޯޓުފަހަރުން މަސް ގަންނަމުންދާނީ މި އައު ރޭޓުގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު […]

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ސަގާފަތެއް އަށަގަންނުވުމުގެ މަޤްޞަދުގައި އެ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދެ ދުވަހުގެ އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމެއް ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދެވުނު މި އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މަޝްހޫރު ކީނޯޓް ސްޕީކަރ، އެގްޒެކެޓިވް ކޯޗް، މެންޓަރ އަދި މޯ...

ވެރިކަންކޮށްފައިވާ ބޭފުޅަކު ޤާނޫނާއި ޚިލާފުވާން ގޮވާލުމަކީ ބޮޑު ކުށަކަށް ދަޢުވަތުދިނުން: ފަލާހް
Politics

ވެރިކަންކޮށްފައިވާ ބޭފުޅަކު ޤާނޫނާއި ޚިލާފުވާން ގޮވާލުމަކީ ބޮޑު ކުށަކަށް ދަޢުވަތުދިނުން: ފަލާހް

ވެރިކަންކޮށްފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތުދިނުން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރަށްވާ ފަލާހް މިހެން ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރި ކުރުމާ ރިސޯޓްތަކުން ދެކޮޅު ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދ...

އެ ބިމެއްގައި މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، މުޖުތަމަޢު ފަސާދަވެ ފަނާވެދާނެ: ހުތުބާ
Column

އެ ބިމެއްގައި މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، މުޖުތަމަޢު ފަސާދަވެ ފަނާވެދާނެ: ހުތުބާ

އެ ބިމެއްގައި މާތް ﷲ ނުރުއްސަވާ ކަންތައްތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ހުތުބާގައި ދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ މާތް ﷲގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު އުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހުގެ ތާރީޚުގައި އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މު...

ގޭސް ލީކުވި ހާދިސާ: ދަރިފުޅުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނެފި
Raajje

ގޭސް ލީކުވި ހާދިސާ: ދަރިފުޅުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނެފި

މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ލީކުވެ، ހާލު ދެރަވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އިއްޔެ ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް ގެންދިޔަ ދެ މީހުންގެ ތެރެއިން ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައިވާ […]