މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ (28 އޮގަސްޓް 2026) ވަނަ ދުވަހުގެ ހަވީރު 17:34 އެހައިކަންހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އެ ވަގުތު ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު، އެ ސައިކަލު ދުއްވި މީހާ ވަނީ އެ ސަރަހައްދުން ފިލަން މަސައްކަތްކޮށްފައެވެ.

Ad
d

މި ހާދިސާގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަށް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ހަތި، ސާއިން ޢަބްދުލްޤައްޔޫމް (23އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

Ad
df

މި ހާދިސާގައި ބޭނުންކުރި ސައިކަލު މިހާރު ޓޯވ ކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.