ރަހީނުކޮށްފައި ހުރި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގައި މީހަކު ރަހީނުކޮށްފައި ހުރި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.
ދާޚިލީ ވަޒީރު އަލީ އިހްސާން މިރޭ ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ހުޅުމާލޭ ފޭސް ދެއެއްގައި ފުލުހުންނާއި، ކަމާބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަނެއްގައި، ގްރޫޕަކުން ރަހީނުކޮށްފައި ހުރި ދިވެހި ރައްޔިތަކު ސަލާމަތްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
''ގޭންގް ކުށްތަކާއި ދެކޮޅަށް އަޅުގަނޑުމެންވާނެ ޚާއްޞަ ގޭންގް ޔުނިޓެއް އުފައްދާފައި، މިރޭ އިރާކޮޅު އިންޓަލެޖެންސަށް ލިބުނު މައުލޫމަތާއި ގުޅިގެން ފުލުހުންގެ މި ޔުނިޓާއި ކަމާއިބެހޭ އެހެން ބަހާތަކާއި ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި ރަހީނުކޮށްގެން ގެންގުޅެނިކޮށް ދިވެހި ރައްޔިތަކު ވަނީ ސަލާމަތްކުރެވިފައި'' ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިކަމުގައި ފުލުހުން ކުރި ހިތްވަރަށް ޝުކުރުއަދާކުރަށްވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މީހަކު ރަހީނުކޮށްގެން ގެންގުޅިފައި ވަނީ 9 ވަނަ ހިޔާޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.
މި މައްސަލައިގެ ތުހުމަތުގައި 12 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!