ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން އިއްޔެ ހަވާލުކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިކަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެވެ.

Ad
rt

އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އިބްރާހިމް ފައިސަލް އެވެ. އެމްއެންޔޫއިން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ހުޅިމެންދޫގައި ތަރައްގީ ކުރާނީ ފަސްތަރީގެ ރިސޯޓެއް ކަމަށެވެ.

މިގޮތުން ފެންވަރު ރަނގަޅު ހޮޓެލް ޓްރެއިނިން ސްކޫލެއް ވެސް ގާއިމު ކުރާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.