ރާއްޖޭގައި ފެށި އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް ނުހުއްޓި ކުރިއަށްދާކަމަށް އެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
''ބަންކަރިންގެ ހިދުމަތަށް މިވީ ކިހިނެއް؟ ދެ ބޯޓު އޮތީ މާލޭ ސަރަހައްދުގައި'' ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ސިމާދު ވިދާޅުވީ، އޯފްޝޯ ބަންކަރިންގެ ހިދުމަތެއް ގާއިމުކުރަނީ ޑިމާންޑާއި ސަޕްލައިގެ ބޭނުންތައް ފުއްދުމުގެ ގޮތުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ މަގު ފަހިވެފައި އޮތުންކަމަށެވެ. އަދި ބަންކަރިން ޚިދުމަތަށް ގެނެސްފައިވާ މެރިން ބެލާ ނަމަކަށްކިޔާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައިވަނީ އުޅަނދަކަށް ތެޔޮ ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
Yes of course. That is the point of offshore bunkering services, the flexibility to move vessels in accordance with the demand and supply. VLSFO one (Marine Bella) came for a delivery. (1/2) https://t.co/Z9NizVjDRI
— Shimad Ibrahim (@sto_md) November 9, 2024
މީގެ އިތުރުން ބަންކަރިން ޚިދުމަތަށް ގެނެސްފައިވާ އަނެއް ބޯޓު، މެރިން އެންޖެލްސް މާލެ ސަރަހައްދަށް އައިސްފައި އޮތީ އާންމު އުސޫލުން އެ އުޅަނދު ބެލެހެއްޓުމުގެ ގޮތުން ކުރަން ޖެހޭ މެއިންޓަނެންސް މަސައްކަތަށް ސިމާދު ވިދާޅުވިއެވެ. އެކަމަށް އެހެން ސަރަހައްދަކަށް ބޯޓު އަންނަން ޖެހުނީ، އެ ނިޒާމު މިވަގުތު އިހަވަންދިއްޕޮޅުގައި ނެތުމުންކަމަށް ވެސް ޝިމާދު ވިދާޅުވި އެވެ.
އެމްޑީ ސިމާދު ވަނީ ، ބަންކަރިން ޚިދުމަތް ނުހުއްޓި ކުރިއަށްދާކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!