''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކްސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ މި ފޯރަމްތަކުގެ މިރޭގެ ފޯރަމް ބާއްވަން ނިންމާފައި ވަނީ ޕީއެސްއެމްގައެވެ. މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަސް ވަޒީރަކު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ވަޒީރުންނަކީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕް...