ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން މިއަހަރުވެސް ޑިސްކައުންޓު
ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހުގައިވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިއުލާންކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ކަން އިއުލާންކުރެއްވީ، އެމަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. “ކުރީ ރޯ...