މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް (ރ.އަތޮޅު ކައުންސިލް) އިދާރާއަށް ސިހުރުހާހޫރަ އާއި ފަންޑިތަ ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލާގައި، 21 ފެބްރުއަރީ 2025 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު / ރިވެލި، މުޙައްމަދު އަމްޖަދު (61 އަހަރު) އާއި ރ. އުނގޫފާރު / ނަސީމީހިޔާ، މުޙައްމަދު ވަޙީދު (67 އަހަރު) އެވެ.

Ad
rt

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ރާއްޖޭގައި ސިހުރާއި ފަންޑިތައިގެ މައްސަލަތައް އަންނަނީ ފެންމަތިވާލަށް އިތުރުވަމުންނެވެ.