މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,961 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރު: އީރާން
International

އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރު: އީރާން

ރައްދުގައި އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރުވެފައިވާކަމަށް އީރާންގެ ސަރުކާރު މީޑިއާއިން ބުނެފިއެވެ. އީރާނުގެ ގަޑިން މިރޭ 21:45 ހާއިރު އެގަމުގެ ސަރުކާރުގެ ޓީވީން ރިޕޯޓު ކުރި ގޮތުގައި އިސްރާއީލަށް އަމާޒުކޮށް އީރާނުން ދޭ “ބޮޑު އަދި ފަނާކުރުވަނިވި” ބަދަލުހިފުމުގެ ހަމަލާތަކެއް ގަޑިއިރުތަކެއްގެ ތެރޭގައި ދޭން ފަށާނެއެވެ. އީރާން ޓީވީން އެހެން ބުނިތާ މިހާރު ގަޑިއިރެއްވުމާއި ވަނީ ކައިރިވެފައެވެ. އީރާނާއި އިސްރާއީލުން މިސައިލްތަކާއި ވައިގެ ހަމަލާތައް ދެމެދުގައި ބަދަލުކުރަމުންދާއިރު،...

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާދިނުމުން ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
International

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާދިނުމުން ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

އީރާނުގެ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑަށް އިސްރާއީލުން މިރޭ ދިން ހަމަލާގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ހަކަތައިގެ ދާއިރާއަށް ވަރަށް މުހިންމު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށް މިރޭ އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އީރާނުގެ ތެލުގެ މިނިސްޓްރީން ބުނެފައިވަނީ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑްގައި އިސްރާއީލުން ހަމަލާދި...

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި އުއްމަތް މަސައްކަތްކުރަންޖެހޭ: ޕާކިސްތާން-އީރާން
International

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި އުއްމަތް މަސައްކަތްކުރަންޖެހޭ: ޕާކިސްތާން-އީރާން

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައު އާއި މުޅި އުއްމަތް މަސައްކަތްކުރަންޖެހޭކަމަށް އީރާނާއެކު އެއްބަސްވެފައިވާކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، މިއަދު އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަންއާ ވާހަކަ ދެކެވުނުކަމަށެވެ. މިގޮތުން އިސްރާއީލުން އީރާނަށް އަނިޔާވެރި ގޮތުގައި ދިން ހަމަލާއާ ދެކޮޅަށް އީރާނުގެ އަޚުންނާއި އުޚުތުންނާއެކު ޕާކިސްތާނުން ދެމިތިބި ކަމަށާއި، އެއްބައިވަންތަކަން ފާޅު...

އިސްރާއީލަށް އަދަބުދިބުމަކީ އީރާންގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭކަމެއް، އެކަން ދެމިގެންދާނެ: އީރާން
International

އިސްރާއީލަށް އަދަބުދިބުމަކީ އީރާންގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭކަމެއް، އެކަން ދެމިގެންދާނެ: އީރާން

އީރާނުން އިސްރާއީލަށް ދިން ހަމަލާގެ ދެވަނަ ރާޅަށްފަހު، އިސްރާއީލަށް އަދަބު ދިނުމަކީ އީރާންގެ ޤައުމީ ޢިއްޒަތް އަލުން ޤާއިމުކުރުމަށާއި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް އީރާނުން ބުނެފިއެވެ. ރައްދު ހަމަލާގެ ދެވަނަ ރާޅުގެ ގޮތުގައި އީރާނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކަށްފަހު އީރާނު ސަރުކާރުގެ ރަސްމީ ތަރުޖަމާނު ފާތިމާ މުހާޖަރާނީ ވިދާޅުވެފައިވަނީ  ޒަޔޮނިސްޓް ވެރިކަމުގެ ޓެރަރިސްޓު އަދި އަނިޔާވެރި ޢަމަލުތަކަށް...

އިމްރާންގެ ބޮޑު ތުހުމަތެއް، ވިދާޅުވީ ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީކަމަށް
Raajje

އިމްރާންގެ ބޮޑު ތުހުމަތެއް، ވިދާޅުވީ ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީކަމަށް

ރާއްޖޭގެ ގިނަ ބަޔެއްގެ ލޯބި ހޯއްދެވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ މަރާ ގުޅުވައިގެން އަދާލަތު ޕާޓީގެ ރައީސް އަދި މިދިޔަ ސަރުކާރުގެ ދާޚިލީ ވަޒީރު ޝައިހު އިމްރާން އަބްދުﷲ މިއަދު ބޮޑު ތުހުމަތެއް ފެންމަތި ކުރައްވައިފި އެވެ. ޑރ. މަޖީދު އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައި 22 މެއި 2018 ގައި ސްރީ ލަންކާގައި އެވެ. އެ މަރަށް މިހާރު ވަނީ ހަތް އަހަރުވެފައެވެ. ރާއްޖޭގައި ތަޢުލީމް ފެތުރުމުގައި ހާއްސަކޮށް ދީނީ، ޝަރުޢީ […]

''މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިފައެއްނުވޭ''
Raajje

''މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިފައެއްނުވޭ''

ރާއްޖޭއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާއިރު، ބަލި ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މި ބަލީގެ ކޭހެއް ފެނުނުކަން އެޗްޕީއޭއިން އާންމުކޮށް ބުނީ މިހުގެ 7 ވަނަ ދުވަހުއެވެ. އެނގިފައިވާގޮތުގައި އެއީ މެލޭޝިޔާ އަށް ދަތުރުކޮށްފައިވާ ޒުވާނެކެވެ. އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކް...

އާ އަސްކަރީ ވެރިންނާއެކު އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާދިނުމަށް ވަގުތު ބޭނުންވޭ
International

އާ އަސްކަރީ ވެރިންނާއެކު އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާދިނުމަށް ވަގުތު ބޭނުންވޭ

އީރާނުގެ އަސްކަރީ އިސްވެެރިން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވުމާއެކުއަސްކަރިއްޔާ އަށް އަލަށް ހަވާލުވި ވެރިންނާއެކު އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާދިނުމަށް ވަގުތު ބޭނުންވާނެކަމަށް އަސްކަރީ އަދި ސިޔާސީ ދިރާސާވެރިއެއްކަމަށްވާ އެލިޖާ މެގްނިއަރ ބުނެފިއެވެ. އަސްކަރީ އަދި ސިޔާސީ ދިރާސާކުރާ އެލިޖާ މެގްނިއަރ އަލްޖަޒީރާ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލްގެ ހަމަލާތަކުގައި އީރާންގެ ގިނަ އަދަދެއްގެ އިސް އަސްކަރީ ވެރިން ޝަހީދުވެފައިވުމާއި ގުޅިގެން، އިސްރާއީ...

ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓް ކެނޑި ކުއްލި އެހީއަށް ހުރަސްއެޅިއްޖެ
International

ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓް ކެނޑި ކުއްލި އެހީއަށް ހުރަސްއެޅިއްޖެ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ވަރުގަދަ ހަަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓްގެ ޚިދުމަތް މެދުކެނޑި ކުއްލި އެހީގެ މަސައްކަތަށް ހުރަސްއެޅިއްޖެއެވެ. އިސްރާއީލުން އީރާނަށް ހަމަލާދެމުންދާއިރު، ޣައްޒާއަށް ދެމުންދާ ގަދަފަދަ ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިއަދު ފަތިހުން ފެށިގެން މިހާތަނަށް މަދުވެގެން 44 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން...

ނަތަންޔާހޫ ގުޅި، އިންޑިއާގެ ކަންބޮޑުވުންތައް ހިއްސާކުރިން: މޯދީ
International

ނަތަންޔާހޫ ގުޅި، އިންޑިއާގެ ކަންބޮޑުވުންތައް ހިއްސާކުރިން: މޯދީ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ފޯނު ކޯލެއް ލިބުނުކަމަށާއި، މެދުއިރުމަތީގެ ހާލަތާއި ގުޅިގެން އިންޑިއާގެ ކަންބޮޑުވުންތައް އޭނާ އާއި ހިއްސާކުރަށްވާފައިވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އިސްރާއީލުން ފަލަސްތީނަށާއި، ލުބުނާން، ސީރިޔާ އަދި ޔަމަނަށް ހަމަލާތައްދީ ހަނގުރާމަ ކުރަމުން އަންނައިރު، މިއަދު ވަނީ އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައެވެ. މި ހަނގުރާމައާއި މެދެ ދުނިޔެ ކަންބޮޑުވެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅު...

ގެއްލިގެން ހޯދި ފަތުރުވެރިޔާ އޮތީ މަރުވެފައި
Raajje

ގެއްލިގެން ހޯދި ފަތުރުވެރިޔާ އޮތީ މަރުވެފައި

ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން މިއަދު ހޯދާފައިވާއިރު، އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަން އެމްއެންޑީއެފުން ހާމަކުރީ މެންދުރު 2:14 ގައެވެ. އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ކުރަމުންދަނިކޮށް، އެމީހާފެނިފައިވާކަމަށް އެމްއެންޑީއެފުން ވަނީ އިރުއޮއްސި 6:1...

ޙައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްސަ ފްލޫ ކްލިނިކްތަކެއް ޤާއިމްކޮށްފި
Raajje

ޙައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްސަ ފްލޫ ކްލިނިކްތަކެއް ޤާއިމްކޮށްފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފްލޫ ކްލިނިކްތަކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފިއެވެ. އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހު، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އަދި ސިއްޙީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، މި ކްލިނިކްތަކަށް ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. “ފްލޫ ކްލިނިކަށް ވަ...

އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި
Raajje

އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި

ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން، އީރާނަށް ދެމުން ހަމަލާތައް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު  މުޢިއްޒު މިއަދު ކުށްވެރިކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ. މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙަ އާއި ސްޓެބިލިޓީއަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ. ރައ...

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް
Raajje

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ. ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤްޞަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި ދިވެހި އާންމު ރައްޔިތުންގެ ފޯނުތަކަށް މެސެޖްތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. “މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކ...

ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިއްޖެ
Raajje

ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިއްޖެ

ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އަންނަކަމަށެވެ. ގެއްލިގެން ހޯދަމުން އަންނަނީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

''މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް މުއްސަނޖެއް ފަޤީރެއް އެނޫންވެސް މީހެއް ތަފާތެއްނެތް''
Report

''މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް މުއްސަނޖެއް ފަޤީރެއް އެނޫންވެސް މީހެއް ތަފާތެއްނެތް''

އިސްލާމްދީނުގައި އުޚުއްވަތްތެރިކަމަކީ އެންމެ މަތިވެރި އަދި މުހިންމު އެއް އަސާސެވެ. މި މަތިވެރި ދީނުގައި މުއްސަނދި މީހަކާއި ފަޤީރު މީހަކާ ދެމެދު، ނުވަތަ ދޮން މީހަކާއި ކަޅު މީހަކާ ދެމެދު، އަދި ކުޑަކުއްޖަކާއި ބޮޑު މީހަކާ ދެމެދު އެއްވެސް ތަފާތެއް ނުކުރެއެވެ. އެންމެހައި މުސްލިމުންނަކީ އެއް އުއްމަތެއްގެ ގޮތުގައި ބަލައި، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ލޯބިވާންޖެހޭ ބައެކެވެ. މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި މުއްސަނދިޔަކާއި ފަޤީރަކާއި ދޮންމީހަކާއި ކަޅުމީހަކާއި ކުޑަކުއްޖަކ...