އީރާނުން އިސްރާއީލަށް 100 ޑްރޯން ދޫކޮށްލައި ރައްދުގައި ހަމަލާދީފި
އިސްރާއީލުން އީރާނާއި ދެކޮޅަށް އިސްވެ ހަނގުރާމަ ފަށައި، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހިމެނޭހެން އާންމު އިމާރާތްތަކަށް ހަމަލާދީފައިވާއިރު، އީރުން ވެސް ރައްދުގައި ހަމަލާދީފިއެވެ. އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އީރާނުން “ގާތްގަނޑަކަށް 100 ޔޫއޭވީ އިސްރާއީލްގެ ސަރަހައްދަށް” ދޫކޮށްލާފައިވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އިސްރާއީލުން 200 ވ...