ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އަންނަކަމަށެވެ.

Ad
rt

ގެއްލިގެން ހޯދަމުން އަންނަނީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.

އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.