ނިކޯބަރ އައިލެންޑްސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނިގޮތުގައި ނިކޯބަރ އައިލެންޑްސް އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 2215 ކިލޯ މީޓަރު ދުރުންނެވެ.
އެހެންކަމުން މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.
ނިކޯބާ އައިލެންޑް ނުވަތަ އިހުގައި ދިވެހިން ކިޔާގޮތުންނަމަ އަންޒަމާންކަރަ އަށް މި ބިންހެލުން އައިކަމަށް ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަޑިން 23:41 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!