ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މީހަކު މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހދ.ނޮޅިވަރަންފަރު/އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމެވެ.

Ad
rt

މާވަށުގައި މިއަދު ހިނގި މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:12 ހާއިރުކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

މި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް، ނަލަހިޔާ، ލ. މާވަށް ވަނީ މަރުވެފައެވެ.

މިހާތަނަށް ބެލިބެލުމިން މި މާރާމާރީ އަކީ މި ދެމީހުންގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއްކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.