ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އާރުސީއެލް އިން އެ ކުންފުނީގެ މީސްމީޑިއާ އެކައުންޓްތަކުން ވަނީ އޭނާ މަގާމުގައި ހުންނަވައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މުބީން އިސްތިއުފާ ދެއްވާފައިވާއިރު، ސަރުކާރުގެ އެސްއޯއީ ރިފޯމް މަސައްކަތްތަކުގެ ދަށުން އާރްއޭސީއެލް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ނިންމެވުން ކެބިނެޓަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. މި ގޮތުން އާރްއޭސީއެލް ހިންގަމުން އައި ހ.ސުވެއިސް އިމާރާތުގެ 3 ފަންގިފިލާވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އާރްއޭސީއެލްގެ މުވައްޒަފުން މިހާރު ދަނީ އެމްއޭސީއެލްއަށް ނިކުންނަމުންނެވެ.
ސަރުކާރުން މި ދެ ކުންފުނި އެއްކޮށްލުމަށް ނިންމާފައިވަނީ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
މި ބަދަލާއެކު ރީޖަނަލް އެއާޕޯޓުގެ ދަށުން ހިންގަމުން އައި އެއަރޕޯޓްތައް ހިންގުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ އެމްއޭސީއެލްގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!