ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ބާކީ ނުވާނޭހެން ޗައިނާއިންދޭ އެއްބާރުލުމަށް ރައީސްގެ ތައުރީފް
ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ތައުރީފް ކުރަށްވައިފިއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައ...