އިގުތިސާދީ ގޮތުން ކަންބޮޑުވެ، ހާސްވާން ޖެހޭ ކަމެއް މިހާރު ނެތް: ރައީސް
އިގުތިސާދީ ގޮތުން ކަންބޮޑުވެ، ހާސްވާން ޖެހޭ ކަމެއް މިހާރު ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުވަސްތަކަކަށްފަހު ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް މިހާރު ވެސް ގެންދަވަނީ ފުއްދަވަމުން ކަމަށެވެ. އެ ވަޢުދުތައް ފުއްދަވަމުން ގެންދަވަނީ ސަޕޯޓަރުންގެ އެހީތެރިކަން ލިބިގެންކަން ފާހަގަކުރައްވަމުން، މިވަގުތު ވެސް އެތައް މަޝްރޫޢުއެއް ފެށި ހިނ...