ސްޓެލްކޯއިން ގުރައިދޫ، ތޮއްޑޫ އަދި މަތިވެރިއަށް އިތުރު ޖެންސެޓް ފޮނުވައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި އއ. މަތިވެރި މި ތިން ރަށަށް އިތުރު ޖެނެރޭޓަރު ސެޓް (ޖެންސެޓް) ފޮނުވާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ޖެންސެޓްތައް ފޮނުވީ އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވަމުންދާ ޑިމާންޑް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. ކ. ގުރައިދޫއަށް 1000 ކިލޯވޮޓްގެ ޖެންސެޓެއް ސްޓެލްކޯއިން ބުނި ގޮތުގައި، އުމްރާނީ ގޮތުންނ...