Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,690 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އުމްރާ އަށް ގޮސް އުޅުނު ދެ ދިވެއްސަކު ނިޔާވެއްޖެ
Raajje

އުމްރާ އަށް ގޮސް އުޅުނު ދެ ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔަ ދިވެހިންގެ ތެރެއިން ދެ މީހަކު ނިޔާވެއްޖެއެވެ. މިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، ނިޔާވެފައިވަނީ މިއަހަރުގެ ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅުނު ދެ ފިރިހެނުންނެވެ. މި ދެމީހުންނަކީ ދެ ގްރޫޕަކުން އުމްރާއަށް ދިޔަ ދެމީހުންނެވެ. އެއީ ސަފާ ގްރޫޕް އަދި ހިޖާޒް ގްރޫޕްގެ ފަރާތުން އުމްރާގެ އަޅުކަމަށް ދިޔަ ދެ އުމްރާވެރިންނ...

މާލޭގެ އެޕާޓްމަންޓަކުން ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

މާލޭގެ އެޕާޓްމަންޓަކުން ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓްމަންޓެއްގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ފުލުހުން ވަނީ މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ހައްޔަރުކުރި މީ...

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި
Raajje

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި

ދިވެހިރާއްޖޭގައި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހާފިޒުންގެ އަދަދު 300 އަށް އަރާނެ ކަމަށެވެ. އަދި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ […]

މާލޭގެ ގަލޮޅުގައި މާރާމާރީއެއް ހިންގައިފި
Raajje

މާލޭގެ ގަލޮޅުގައި މާރާމާރީއެއް ހިންގައިފި

މާލޭގެ ގަލޮޅު ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަލޮޅު ހަލަވެލި ގޯޅި ތެރޭގައި ބަޔަކު މީހުންގެ މެދުގައި ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖެނުއަރީ 6 ވީ ހޯމަ ދުވަހުގެ ރޭ 20:59 އެހާކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ މި […]

ކުޅުދުއްފުށީގައި ބާއްވާ "ޑަބްލިޔުޑީސީ އެކްސްޕޯ 2026" ހޮނިހިރު ދުވަހު
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ "ޑަބްލިޔުޑީސީ އެކްސްޕޯ 2026" ހޮނިހިރު ދުވަހު

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ޑަބްލިޔުޑީސީ އެކްސްޕޯ 2026” އަންނަ ހޮނިހިރު (10 ޖަނަވަރީ 2026) ދުވަހު އޮންނާނެކަމަށް ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފިއެވެ.   މި އެކްސްޕޯއަކީ ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:30 އިން ރޭގަނޑު 22:00 އަށް ކުޅުދުއްފުށީ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައެވެ. މި އެކްސްޕޯ...

ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ދެމިތިބެން މަސައްކަތްކުރާ ނަމަ ނުރަނގަޅު އަސަރު ކުރާނެ: ފައިސަލް
News

ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ދެމިތިބެން މަސައްކަތްކުރާ ނަމަ ނުރަނގަޅު އަސަރު ކުރާނެ: ފައިސަލް

ވެރިކަން ލިބޭ ކޮންމެ ބަޔަކު، ވެރިކަމުގައި ތާ އަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފި ނަމަ، އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގެއްލި، އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށެވެ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ދަހިވެތިކަމުގައި ގައުމާއި ރައްޔިތުން ފުން ވަޅުގަނޑަކަށް ވައްޓާލުމަކީ ގައުމަށް އުފާވެރިކަން ހޯދައ...

ކެންޑިޑޭޓުން ފޯމު ހުށަހަޅާ ޕޯޓަލް ހުޅުވާލައިފި
News

ކެންޑިޑޭޓުން ފޯމު ހުށަހަޅާ ޕޯޓަލް ހުޅުވާލައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފޯމު ފުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ރަސްމީ ތާ...

މުރައިދޫ، އިހަވަންދޫ، ފިއްލަދޫ އަދި ވަށަފަރު ހިމެނޭހެން 14 ރަށެއްގެ މަޝްރޫޢުތައް ހަވާލުކޮށްފި
Raajje

މުރައިދޫ، އިހަވަންދޫ، ފިއްލަދޫ އަދި ވަށަފަރު ހިމެނޭހެން 14 ރަށެއްގެ މަޝްރޫޢުތައް ހަވާލުކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫޢުތަކަކީ ރަށްރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުމުގެ މަސައްކަތްތަކެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ...

ބައްސާމްގެ އެޕާޓްމެންޓް މައްސަލާގައި އަމިންގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވެއްޖެ
Raajje

ބައްސާމްގެ އެޕާޓްމެންޓް މައްސަލާގައި އަމިންގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވި ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ދައުލަތުން މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، އެ މުއާމަލާތްތަކުގައި އަމިން ކުންފުނިން އޮޅުވާލުންތަކެއް ގެންގުޅުނު ކަމަށެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެ ކުންފުނީގެ...

''ދިއްދޫ އުތުރުގެ މުހިންމު މަރުކަޒަކަށް، އާ ފުރުސަތުތައް ހުޅުވި ރައްޔިތުންގެ އާމްދަނީ މަތިވާނެ''
Thiladhunmathi News

''ދިއްދޫ އުތުރުގެ މުހިންމު މަރުކަޒަކަށް، އާ ފުރުސަތުތައް ހުޅުވި ރައްޔިތުންގެ އާމްދަނީ މަތިވާނެ''

ހއ. ދިއްދޫގެ އެއާޕޯޓް ތަރައްގީކޮށް ބިން އިތުރުކުރުމުން އެ ރަށަކީ އުތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަސާސީ އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި...

އެޗުއާރުސީއެމްގެ ރައީސް ކަމަށް ރަމީލާއަށް މަޖިލީހުން ރުހުން ދީފި
Parliament

އެޗުއާރުސީއެމްގެ ރައީސް ކަމަށް ރަމީލާއަށް މަޖިލީހުން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް، އެ ކޮމިޝަންގެ މެންބަރު އަދި ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެމަގާމަށް ރަމީލާ އަށް މަޖިލީހުން ރުހުން ދިނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޚާއްޞަ ދެވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނު...

ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޑެޕިއުޓީ ޗެއާކަމަށް ޝަރީފް
Sports

ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޑެޕިއުޓީ ޗެއާކަމަށް ޝަރީފް

ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ނުވަތަ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް އެކުލަވާލާފައިވާ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން އަދި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އައްޔަނުކޮށްފިއެވެ. މެމްބަރު ޝަރީފް މި މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންގެ ބަދަލުގައެވެ. މި ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އެވެ. މި ކޮމިޓީގެ […]

ދިއްދޫ އެއާޕޯޓަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
Thiladhunmathi News

ދިއްދޫ އެއާޕޯޓަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިމާއި، އެރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފިއެވެ. މިއަދު ހަވީރު ދިއްދޫގައި އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.   މި މަޝްރޫޢުގައި ބިން ހިއްކުމަށް ބޭނުން ކު...

ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ހާޒިރުގައި ގެއެއް ބަލާފާސްކޮށްފި
Raajje

ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ހާޒިރުގައި ގެއެއް ބަލާފާސްކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވަނީ އޭނާގެ ހާޒިރުގައެވެ. މި ބަލައި ފާސްކުރުމަކީ ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް ކުރިއަށް ގެންދިޔަ ބަލާފާސްކުރުމެއްކަމަށް ބެލެ...

ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް
Thiladhunmathi News

ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް ގުޅިއްޖެއެވެ. ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރ. ޑރ. އަލީނާ ޢަލީ އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ވަނީ ފިޒިޝަނެއް ވެސް ގުޅިފައެވެ. ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ […]