މާލޭ ސިޓީގެ ރައްޔިތުން ނުކުމެ މޭޔަރުކަމަށް "ޑރ މުޢިއްޒު" ހޮވައިފި
ގުރޭޓަރ މާލޭގެ ރައްޔިތުން ނިކުމެ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވައިފި އެވެ. މިހާރު ލިބިފައިވާ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރެއްވި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރީ ޑރ.މުޢިއްޒުގެ އިތުރުން އެމްޑީޕީގެ ފަރާތުން އަނަސް ޢަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީއެވެ.