ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެޑްމިޓް ކޮށް ފަރުވާދެމުން ދިޔަ މީހަކު ޕޮޒިޓިވް ވީ ކޭސްއާއިީ ގުޅިގެން މިހާތަނަށް 4 މީހުން ވަނީ ޕޮޒިޓިވް ވެފައިވާކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.

ކޭއާރުއެޗްއިން ބުނެފައިވަނީ، މި މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ފަހުން އެހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރެއްވުމަށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ދަންނަވާކަމަށެވެ.

Ad
rt

ކޮންޓެކްޓް ޓްރޭސިންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮވިޑް ހޮޓްލައިން 7606688 އާ ގުޅުއްވާ ނުވަތަ މެސެޖް ކުރައްވާ! ގިނަ އަދަދަކަށް ކޯލްތައް އަންނަމުން ދާތީ 7606688 އާ ގުޅުމުގައި ދިމާވެދާނެ ދަތި ކަމަކަށް މާފަށް އެދެން. އެފަދަ ހާލަތުގައި މެސެޖެއް ކުރައްވުމުން އަޅުގަނޑުމެން ވީ އެންމެ އަވަހަކަށް އެ ފަރާތަކާ ގުޅާނަން.

ކޭއާރު އެޗްއިން ރައްޔިތުންގެ ސަމާލުކަމަށް އެދިފައިވެއެވެ.

މީގެ އިތުރުން އެހޮސްޕިޓަލުން ބުނެފައިވަނީ ހުރިހާ ބޭފުޅުން ވެސް ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް އަދި މާސްކު އެޅުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރާކަމަށެވެ.

އަޅުގަނޑުމެން ކުރީ ފަހަރުތަކެކޭ ވެސް އެއްގޮތަށް މިކަމުން އަރައިގަންނާނީ އެންމެން ގުޅިގެން އެކަކު އަނެކަކަށް އޯގާތެރިވެ އެއްބާރުލުން ދީގެން. މާތް الله އަޅުގަނޑުމެންނަށް ކެތްތެރިކަން ދެއްވާ ހެޔޮ ގޮތް މެދުވެރި ކުރައްވާށި! އާމީން.

އެހޮސްޕިޓަލުގެ މީސްމީޑިޔާގައި ބުނެފައިވެއެވެ.

ކޭއާރުއެޗްއިން މީގެ ކުރިން މަޢުލޫމާތުދެމުން ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ، ޅ. ނައިފަރުން އެހޮސްޕިޓަލަށް އިތުރު ފަރުވާއަށްގެނެސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހަކާއި އެމީހާގެ އެހީތެރިޔާ ކަމަށެވެ.

މިކޭސް ތަކާއި ގުޅިގެން ކުޅުދުއްފުށިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން މަނާ ކުރެވިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ހުރިހާ ބޭފުޅުންވެސް މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އެހޮސްޕީޓަލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.